މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

            J-247159،    J-134106

ބޭނުންވާ އަދަދު:

02 ( ދޭއް )

މަޤާމުގެ ގިންތި: 

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުޙްޔިއްދީން ސްކޫލް / މާލެ، ދިވެހިރާއްޖެ

މުސާރަ:

-/5020 ރ

ސަރވިސް އެލެވަންސް:

-/1500 ރ

ކޯ އެލަވަންސް -2 :    

-/700 ރ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

J-247159ގެ މަސްޢޫލިޔަތުތައް:

  1. ސްކޫލުން ހަމަޖައްސާ ޑިއުޓީތާވަލްގައިވާ ގޮތުގެ މަތިން ސްކޫލް ހުޅުވާލެއްޕުން.
  2. ޖެމްސް، ފެކްސް އަދި އެހެނިހެން ގޮތް ގޮތުން ސްކޫލްގެ އެންޓްރީއަށް އަންނަ ތަކެތި ދުވަހުން ދުވަހަށް އެންޓްރީ އަށް ލުމާއި ހަވާލުވެފައިވާ ވެރިއެއްގެ ސޮއިކުރުވާ އެ ތަކެތި ރައްދުވާފަރާތްތަކަށް ހަވާލުކުރުން.
  3. ދުވަހުން ދުވަހަށް އޮފީސް މެއިލް ޗެކްކުރުމާއި ސްކޫލް މެއިލްއަށް އައިސްފައިވާ ތަކެތި ދުވަހުން ދުވަހަށް އެންޓްރީއަށް ވެއްދުމާއި މެއިލް ރައްދު ވާންޖެހޭ ފަރާތްތަކަށް މެއިލް ފޮނުވުން.
  4. އޮފީހުގައި ބޭއްވޭ ޕީ ޓީ އޭ މީޓިންގ ތަކުގެ ހާޒިރީ ތައްޔާރުކޮށް މީޓިންގ ފޮތްތައްބަލައްޓާ މީޓިންނަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި މީޓިންގެ އެޖެންޑާ ތައްޔާރުކުރުމާއި މީޓިންގ ކޮންޑަކްޓް ކުރާ ތަން ވަގުތު ޖެހުމުގެ ކުރިން ތައްޔާރުކުރުން. އަދި ޕީ.ޓީ.އޭ މެމްބަރުންގެ ފައިލްތައް ބެލެހެއްޓުމާއި ޔައުމިއްޔާ ފައިލްކޮށް ބެލެހެއްޓުން.
  5. އޮފީހުގެ ޔަޢުމިއްޔާ ލިޔެ ހަވާލުވެފައިވާ ވެރިއެއް ލައްވާ ސޮއިކުރުވާ ހަފްތާއަކު އެއްފަހަރު ފައިލްކުރުން.
  6. ސްކޫލުގެ އޮފީސް ހުޅުވައި ލައްޕާފޮތުގައި ދުވަހުންދުވަހަށް ސޮއިކުރަމުން ގެންދޭތޯބަލާ ފޮތް ބެލެހެއްޓުން.
  7. އޭވީ ރޫމް، މީޓިންގ ރޫމް އަދި ހޯލްގެ ބުކިންގ ފައިލް ބެލެހެއްޓުން.
  8. މަސައްކަތު މީހުންގެ ކަންކަން ބެލެހެއްޓުން

8.1  މަސައްކަތު މީހުންގެ މަންތްލީ ޗެކްލިސްޓް ހަދާ މަސައްކަތު މީހުންގެ ސުޕަވައިޒަރާ ހަވާލުކުރުން.

8.2 މަސައްކަތު މީހުންގެ ޑިއުޓީ ތާވަލް ހަދާ ނޯޓިސް ބޯޑަށް އަރުވާ މަސައްކަތު މީހުންގެ ސުޕަވައިޒަރަށް ކޮޕީ ހުށައެޅުން.

8.3 މަސައްކަތު މީހުނަށް ބާއްވާ މީޓިންގތައް އެރޭންޖްކޮށް މުވައްޒިފުންނަށް އެންގުން

8.4 މަސައްކަތު މުވައްޒިފުންގެ މީޓިންގތައް ކުރިއަށްދާއިރު މީޓިންގ ޔައުމިއްޔާކޮށް މީޓިންގ އޮންނަ ދުވަހުން ފެށިގެން 2 ދުވަސް ތެރޭ އެޑްމިނިސްޓްރޭޓަރުލައްވާ ސޮއިކޮށް ފައިލްކުރުން

8.5  މަސައްކަތު މުވައްޒިފުންގެ ޑިއުޓީ ތާވަލް ތައްޔާރުކޮށް މުވައްޒިފުންނާ ހަވާލުކުރުން.

  1. ވެރިއެއްގެ ލަފާގެމަތިން އޮފީސް ހުޅުވާ ލައްޕާ ކާޑު ހެދުން.

9.1 އަލަށް އޮފީސް ހުޅުވާ ލެއްޕުމަށް ހަވާލުކުރެވޭ މުވައްޒިފަކަށް މޯލްޑިވިސް ޕޮލިސްސަރވިސް އިން ކާޑު ހެއްދުމަށްޓަކައި ބޭނުންވާ ތެކެތި ހޯދާ ސިޓީ ފޮނުވާ ކާޑުހަދާ މުވައްޒިފައި ހަވާލުކުރުން.

9.2 މުވައްޒިފަށް ހަދާފައިވާ އޮފީސް ހުޅުވާ ލައްޕާ ކާޑު އެމުވައްޒިފެއް ވަޒީފައިން ވަކިވުމުން ނުވަތަ ވެރިއެއްގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ކާޑު އަބުރާ ހޯދާ ކެންސަލް ކުރުން.

9.3 ސްޓާފް މީޓިންގތައް މުވައްޒިފުންނަށް އަންގާ ތަން އެރޭންޖްކޮށް ، މީޓިންގ ޔައުމިއްޔާ މީޓިންގ އޮންނަ ދުވަހުން ފެށިގެން 2 ދުވަސް ތެރޭ އެޑްމިނިސްޓްރޭޓަރުލައްވާ ސޮއިކޮށް ފައިލްކުރުން.

  1. އޮފީހުގައި ބޭއްވޭ އެސް.އެމް.ޓީ މީޓިންގ ތަކުގެ ހާޒިރީ ތައްޔާރުކޮށް މީޓިންގ ފޮތްތައްބަލައްޓާ މީޓިންނަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި މީޓިންގެ އެޖެންޑާ ތައްޔާރުކުރުމާއި މީޓިންގ ކޮންޑަކްޓް ކުރާ ތަން ވަގުތު ޖެހުމުގެ ކުރިން ތައްޔާރުކުރުން.
  2. ސްކޫލްގައި ބޭއްވޭ އިވެންޓްސް ތަކަށް ތަންތަން އެރޭންޖްކުރުވުން.

J-134106ގެ މަސްޢޫލިޔަތުތައް:

  1. ސްކޫލުން ހަމަޖައްސާ ޑިއުޓީތާވަލްގައިވާ ގޮތުގެ މަތިން ސްކޫލް ހުޅުވާލެއްޕުން.
  2. ސްކޫލުގެ މަސައްކަތްތައް ދަތިނުވާނޭހެން ރާވާ ސްޓޮކަށް ތަކެތި ހޯދުމާއި ތަކެތި ދޫކުރުން

2.1ސްޓޮކަށް ގަނެވޭތަކެތި ޕްރޮކިއުމަންޓް ސެކްޝަންނުން ލިބުމުން ސްޓޮކަށްތަކެތި ވެއްދުން.

2.2ސޮޓޮކުން ތަކެތި ބޭނުންވެގެން އައުމުން އެތަކެތި ސޮޓުން ދޫކޮށް ފޮތުގައި ސޮއިކުރުވާ ސްޓޮކްފޮތުން ބާކީ ކުރުން.

2.3ސްޓޮގައި ހުންނަތަކެތި ހުސްވުމުގެ ކުރިން ޕްރޮކިއުމަންޓް ސެކްޝަނަށް ރިއުސްޓްކޮށް އެތަކެތި ސްޓޮކަށް ހޯދުން.

2.4 ސްޓޮކް ގައި ތަކެތި ބަހައްޓަންވާނީ ތަރުތީބުން ސްޓޮކްގައި ތަކެތި ހުރިނެއްވަރު އެގޭނޭހެން ލޭބަލް ކުރެވިގެން ތަޅުލެވޭތަނެއްގައެވެ. ސްޓޮކުން ނަގާލެވޭ ތަކެތީގެ ޒިންމާ ނަންނަގަވާނީ ސްޓޮކް އެއިރަކު ހަވާލުވެފައިވާ މުވައްޒިފެކެވެ.

  1. ޓިޗަރުންގެ ޕެކް ހެދުން.

3.1 ކޮންމެ ސާނަވީ އަހަރެއް ނިމުމުގެ ކުރިން ދެންއަންނަ އަހަރަށް ޓީޗަރުންގެ ޕެކްހެދުމަށް ތަކެއްޗައް ޕްރޮކިއުމެންޓް ސެކްޝަނުގައި ރިކުއެސްޓް ކުރުން.

3.2 ކޮންމެ ސާނަވީ އާއަހަރެއްފެށުމުގެ 02 ދުވަސް ކުރިން ޓީޗަރސް ޕެކްހެދުމާއި ޕެކް ހަވާލުކުރާ ސްލިޕް ތައްޔާރުކުރުން.

3.3ސާނަވީ އަހަރު ނިމުމުން ޓީޗަރސް ޕެކްގައި ހަވާލުކުރެވޭތަކެތި ތެރެއިން އަބުރާ ހަވާލުކުރަންޖެހޭ ތަކެތި ބަލާގަތުން. 

  1. ސްކޫލަށް ހަމަޖެހިފައިވާ ޕެޓީކޭޝް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޕެޓީކޭޝް ރަޖިސްޓްރީ އާއި އެސްއޭޕީ ސިސްޓަމްއަށް އެންޓަރ ކުރުން. އަދި ހަރަދުކޮށް އެސް އޭޕީ ސިސްޓަމް މެދުވެރިކޮށް ޕެޓީކޭޝްފައިސާ ރީއެއްބާސްކުރުމަށް ރިޕޯޓް ތައްޔާރުކޮށް ބެޖެޓް ސެކްޝަނަށް ހަވާލުކުރުން. އަދި ފައިސާ މިނިސްޓްރީ އޮފް ފިނޭންސުން ލިބުމުން ބެޖެޓްސެކްޝަނުން އެފައިސާ ބަލައިގަތުން.

4.1 ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ޕެޓީކޭޝް ރިޕޯޓް ޖެހިގެން އަންނަމަހުގެ 03 ގެ ކުރިން ބަޖެޓް އޮފިސަރާ ހަވާލުކުރުން.

  1. ސްކޫލަށް ހޯދޭ ހަރުމުދާ އިންވެންޓީ ކުރުމާއި ބެލެހެއްޓުމާއި ބާވެ ބޭނުން ނުކުރެވޭ ތަކެތި ނީލަންކިޔުން  ނުވަތަ ނައްތާލުމުގެ އެންމެހާ ކަންތައްތައް ކަމާބެހޭ ވެރިއެއްގެ ލަފާގެމަތިން ކުރުން.

5.1ސްކޫލަށް ގަނެވޭ ހަރުމުދާގެ މަޢުލޫމާތު އިންވެންޓްރީ ރަޖިސްޓްރީއަށް އެންޓަރކޮށް އައިޓަމްގައި ނަންބަރު ޖެހުން.

5.2 އިންވެންޓްރީ އަށް ވައްދާފައިވާތަކެތީގެ ޗެކްކައުންޓް އެއް ކޮންމެ އަހަރަކު ޖެނުއަރީ އަދި އޮގަސްޓް މަހުގައި ކުރަންވާނެއެވެ. އަދި އިންވެންޓްރީ ރަޖިސްޓްރީ ކުރަންވާނެއެވެ. 

5.3 ސްޕޮންސަރގެ ގޮތުގައި ލިބޭތަކެތި އަދި ފައިސާ ސްޕޮންސަރ ރަޖިސްޓްރީ އަށްވެއްދުން. އަދި ސްޕޮންސަރގެ ގޮތުގައި ލިބިފައިވާ ހަރުމުދާ އިންވެންޓްރީއަށް ވެއްދުން.

  1. އެހެނިހެން އޮފީސްތަކުންނާއި އެކިއެކި ފަރާތްތަކުން އަންނަ ސިޓީތަކަން ޖަވާބު ދިނުމަށް ހަވާލުކުރެވޭ ވެރިންގެ ލަފާގެމަތިން ޖަވާބު ތައްޔާރުކޮށް ފޮނުވާ އެތަކެތި ފައިލްކުރުން.
  2. ސްކޫލްގެ ހުރިހާ ޢިމާރާތެއްގެ ތަޅުދަނޑިއާއި މުވައްޒިފުންގެ ކަބަޑުތަކުގެ ތަޅުދަނޑީތައް، ދޫކުރުމާއި ރިކޯޑް ބެލެހެއްޓުން.
  3. އަހަރުފެށުމުގެ ކުރިން ފައިލްކުރަން ބޭނުންވާ ފައިލްތަކާއި ފޮތްތައް ތައްޔާރުކުރުން.

ދާއިރާ:

އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޝަރުޠުތައް:   

ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާޝަރުތުތަކުން ޝަރުތެއްފުރިހަމަވުން.

  1. ސާނަވީ،ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަތީ ސާނަވީ، ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑަރީ ސްކޫލް' ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮންގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

     (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

    6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

     (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

 

 

 

 

 

 

 

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

35

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

45

45

ޖުމްލަ

210

100

100

 

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ސެޕްޓެމްބަރ2019 (ބްރާސްފަތި) ގެ 12:00 ގެ ކުރިން، މުޙްޔިއްދީން ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  ބަލައިގަނެވޭނެ އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 05 ސެޕްޓެމްބަރ 2019 އާއި 11 ސެޕްޓެމްބަރ 2019 ދެމެދު، މުޙްޔިއްދީން ސްކޫލް ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ( 3390635 ) އަށެވެ.

26 ޛުލްޙިއްޖާ 1440

27 އޮގަސްޓް 2019
ހޯދާ