ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގ ޔުނިޓް ބޭނުން ފަރާތްތައް ސާފު ކުރުން

`

ނަމްބަރ: IUL)248-CAFA/248/2019/87  

އިޢުލާން

 

ހައުސިންގ ޔުނިޓް ބޭނުން ފަރާތްތައް ސާފު ކުރުން

       ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވައުދުގައި ހިމެނިގެން މިއަތޮޅުގައި 1500 (ފަނަރަ ސަތޭކަ) ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖައްސަވައިފައެވެ. މި 1500 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ޕްލޭން ކޮށްފައިވަނީ ޔުނިޓެއްގައި 3 ކޮޓަރި ހިމެނޭ ގޮތަށް 900 އަކަފޫޓުގެ ބޮޑު މިނުގައި ގާތްގަނޑަކަށް 1400 އަކަފޫޓުގެ ބިމުގައެވެ.

       ވީމާ، ހައުސިންގ ޔުނިޓް ބޭނުންވާ ފަރާތްތަކުން 05 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަން މިއިދާރާއަށް ލިއުމަކުން ހުށައެޅުއްވުން އެދެމެވެ. އަދި ދޫކޮށްފައިވާ ފަޅު ގޯތި ތަކުގައި މި ޔުނިޓްތައް ތަރައްޤީ ކުރުމަށް ބޭނުންވާ ފަރާތަތްކުންވެސް ދެންނެވުނު ތާރީޚުގެ ކުރިން ލިއުމުން އެކަން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

       މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ސެޕްޓެންބަރު 2019
ހޯދާ