މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓަރީކުރުމަށް ހުޅުވާލުން

އިޢުލާން

ވެންޑަރ ރަޖިސްޓަރީކުރުމަށް ހުޅުވާލުން

 

މި މިއޮފީހުން ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައިވާ ގޮތުގެ މަތިން 35000.00 (ތިރީސް ފަސް ހާސް) ރުފިހާއަށް ވުރެ ދަށުން،

އިޢުލާން ނުކޮށް ކުރާ މަސައްކަތްތަކާއި ލިބިގަންނަ ޚިދުމަތްތަކާއި ގަންނަން ބޭނުންވާ ތަކެތި ގަތުމުގަޔާއި އެކި ސަބަބުތަކާހުރެ ވަކި ފަރާތްތަކަށް ދަޢުވަތުދީގެން ކުރިއަށްގެންދާ 35000.00 (ތިރީސް ފަސް ހާސް) ރުފިޔާއަށް ވުރެ މަތީގެ ބީލަންތަކުގައި، 

ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި އަގު ބެލުމަށްޓަކައި ވެންޑަރުންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)142-A1/142/2019/26  (25 ޖޫން 2019 ) އާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މިގޮތުން 1 ޖެނުއަރީ 2020 އިން ފެށިގެން ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު ދޭނީ ރަޖިސްޓްރީ ވެފައިވާތާ މަދުވެގެން 5 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ވެފައިވާ ފަރާތްތަކަށެވެ.

އަދި ރަޖިސްޓްރީގައި އެކެޓަގަރީތަކެއްގައި ރަޖިސްޓަރީ ވުމަށް ހިމެނިފައިވާ ހުރިހާ ފަރާތްތަކަށް ވެސް އަގު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ހަމަމިއާއެކު ރަޖިސްޓްރީވުމަށް ހުށަހަޅައި ފަރާތްތައް، ރަޖިސްޓްރީކުރެވެމުންދާ ވަރަކުން އެފަރާތްތަކަށް އަގު  ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ ވާހަކަ ދެންނެވީމެވެ.

ވެންޑަރ ރަޖިސްޓްރޭޝަނަށް އެދި ހުށަހަޅުއްވާ ފަރާތަކުން ހުށަހަޅުއްވާފައިވަނީ، ޞައްޙަ ނޫން މަޢުލޫމާތު ނުވަތަ ލިޔެކިޔުން ކަމަމަށް ފާހަގަކުރެވިއްޖެނަމަ އެ ފަރާތެއް ވެންޑަރ ރަޖިސްޓަރީގައި ނުހިމެނޭނެއެވެ.

އަދި އެއްވެސް ދައުވަތަކަށް އިޖާބަނުދީ  2 (ދޭއް) މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަވެއްޖެނަމަ، ވެންޑަރ ރަޖިސްޓަރީން އެ ފަރާތެއް އުނިކުރެވޭނެއެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ކަމާއި ގުޅުންހުރި އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފުވާ ފަރާތްތައްވެސް ރަޖިސްޓަރީ އިން އުނިކުރެވޭނެއެވެ.

ވީމާ، ވެންޑަރުންގެ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ވިޔަފާރިތަކުން މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "މުދަލާއި ޚިދުމަތް ފޯރުކޮށްދެއްވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީކުރާ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު މިމިނިސްޓްރީއަށް ހުށަހެޅުމަށް ދެންނެވީމެވެ. އީ- މެއިލް މެދުވެރިކޮށްވެސް ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެއެވެ.

ވެންޑަރ ރަޖިސްޓްރޭޝަނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާ ފަރާތްތަކުން ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020261،3020239،3020212 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

28 ޛުލްޙިއްޖާ 1440

29 އޮގަސްޓް 2019

 

29 އޮގަސްޓް 2019
ހޯދާ