ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
1500KVA އަލްޓަނޭޓަރ މެއިން ސްޓޭޓަރ ރިވައިންޑްކޮށްދޭނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

 މާލެ' ދިވެހިރާއްޖެ                                                                                         

                                                                     އިޢުލާން ނަންބަރ:H-2019/112

                               އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

މިކުންފުނީގެ ކ.ވިލިނގިލި އިންޖީނުގޭގައި ހުރި 1500KVA އަލްޓަނޭޓރ މެއިން ސްޓޭޓަރ ރިވައިންޑްކޮށް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 03 ވާ (އަންގާރަ) ދުވަހުގެ 10:30 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. 

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.         

މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލުތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 85 ޕޮއިންޓް   

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 85x 

މުއްދަތު: 10 ޕޮއިންޓް

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 10x

ތަޖުރިބާ: 05 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

- ހުށަހަޅާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

- މިމަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު:H-2019/112

ބިޑް ހުޅުވުން:

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 ސެޕްޓެމްބަރ 09 ވާ (ހޯމަ) ދުވަހުގެ 10:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.   

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 09 ވާ (ހޯމަ) ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

                          28 ޛުލްޙިއްޖާ 1440

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.05 ގެ (ހ) އާއި ގުޅިގެން، ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާތިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްprocurement@stelco.com.mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ.
29 އޮގަސްޓް 2019
ހޯދާ