އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަބްލިއުޑީސީ އިން ހިންގާ "މޫދު ކަސްރަތު އިންސްޓްރަކްޓަރ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން "މޫދު ކަސްރަތު އިންސްޓްރަކްޓަރ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރ: (IUL)426-CA/426/2019/228 އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވުމާއިއެކު، މި ދެންނެވުނު އިޢުލާން ބާޠިލުކޮށް މި ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު - .

 

- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު.

 

- ކޯސް ކުރިޔަށް ގެންދާނެގޮތް.

 

- ކޯހުގެ މުއްދަތު.

 

- ކޯސް ހިންގައިދޭނޭ އަގު.

 

 

 

މާރކްސް ދެވޭނެގޮތް :

 

- އަގު %30

 

- ތަޖުރިބާ %30

 

- މުއްދަތު %20

 

- ހުށަހެޅުން %20

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 5 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 12:30ގެފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ޕްރޮޕޯސަލް އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެއިލް އެޑްރެސް [email protected]  އަށް ވެސް ފޮނުވިދާނެއެވެ.

 

27 ޛުލްހިއްޖާ  1440   

29 އޮގަސްޓް 2019
ހޯދާ