އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަބްލިއުޑީސީ އިން ހިންގާ "ޖިމް އިންސްޓްރަކްޓަރ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން "ޖިމް އިންސްޓްރަކްޓަރ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރ:(IUL)426-CA/426/2019/229  އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވުމާއިއެކު، މި ދެންނެވުނު އިޢުލާން ބާޠިލުކޮށް މި ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. 

 

ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު - .

 

-  ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު.

 

-  ކޯސް ކުރިޔަށް ގެންދާނެގޮތް.

 

-  ކޯހުގެ މުއްދަތު.

 

-  ކޯސް ހިންގައިދޭނޭ އަގު.

 

 

 

މާރކްސް ދެވޭނެގޮތް :

 

-  އަގު  %30

 

-  ތަޖުރިބާ %30

 

-  މުއްދަތު %20

 

-  ހުށަހެޅުން %20

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 05 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 12:30ގެ ފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ޕްރޮޕޯސަލް އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެއިލް އެޑްރެސް[email protected]   އަށް ވެސް ފޮނުވިދާނެއެވެ.

27 ޛުލްހިއްޖާ 1440   

29 އޮގަސްޓް 2019
ހޯދާ