މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ނަރުދަމާ ނިޒާމްތަކުގެ ހިންގާ ބެލެހެޓުމުގެ ތަމްރީން ޕްރޮގްރާމް

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު  

 ދިވެހިރާއްޖޭގެ ނަރުދަމާ ނިޒާމްތަކުގެ ހިންގާ ބެލެހެޓުމުގެ ތަމްރީން ޕްރޮގްރާމް 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް (އެމް.އީ.)ގެ ފަރާތުން ނަރުދަމާ ނިޒާމްތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކުކުރެވިގެން ތަމްރީން ޕްރޮގުރާމެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

މި ތަމްރީން ޕްރޮގުރާމުގެ މަޤުސަދަކީ ޔުޓިލިޓީ ކުންފުނިތަކުގެ ދަށުން ނަރުދަމާ ނިޒާމްތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމެވެ. 

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓަންޓުންނަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އަރުވަމެވެ.  މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަޜާތްތަކުގެ ޢަދަދައި ލިބިފައިވާ ތަޢުލީމީ ފެނަވރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

މި މަސައްކަތަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލު ކުރެވޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ނެރުއްވާފައިވާ މާލިއްޔަތު ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި މަސައްކަތުގެ "ރެކުއެސްޓް ފޯ ޕްރޮޕޯސަލް" މި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އަފި ނެޝަނަލް ގެޒެޓް www.gazette.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުން ވެއްޖެނަމަ [email protected]  އަށް މެއިލްކޮށް ނުވަތަ ލިޔުމުން ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފާރަތްތަކުގެ ހާޒިރުގައި 11 ސެޕްޓެމްބަރ 2019 ވަނަދުވަހުގެ 11:15 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: -3018-301960+ ، ފޯނު: +960-3018-300

 އީމެއިލް: [email protected]

ޕްރޮޕޯސަލް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އިންނަންވާނެއެވެ.

28 އޮގަސްޓް 2019
ހޯދާ