ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ ބޯޅަ މުބާރާތް 2019

ހދ.އަތޮޅު ކައުންސިލުގެ ފަރާތުން މި އަތޮޅުގެ ފިރިހެން އަދި އަންހެން ވޮލީ ޓިމްތަކަށް  އަމާޒުކޮށްގެން ވޮލީ ބޯޅަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށްދާނީ 20 ސެޕްޓެމްބަރ 2019 އިން ފެށިގެން ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، ޓީމްލިސްޓް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް ގެ ޒަރިއްޔާއިން މުބާރާތުގެ ބައިވެރިވާ ފޯމް ހުށަހަޅާނަމަ ([email protected]) އަށް މެއިލް ކުރަށްވައި ކައުންސިލަށް އެންގެވުން އެދެމެވެ.

ވޮލީ މުބާރާތާއި ބެހޭ މައުލޫމާތު ކަރުދާހާއި ފޯމް ހދ. އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުންނާއި، ހދ. އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓުން (www.haadhaal.gov.mv) ލިބެންހުންނާނެއެވެ. 

28 އޮގަސްޓް 2019
ހޯދާ