ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާ އިން ބަންޑާރަ ގޯތި ދޫކުރުމާއިގުޅޭ

އިޢުލާން

ގދ. ނަޑެއްލާ އިން ބަންޑާރަ ގޯތި ދޫކުރުމާއިގުޅޭ

ގދ. ނަޑެއްލާއިން ދިރިއުޅުމަށްޓަކާ 2000 އަކަފޫޓްގެ 50 ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާތީ، މި ގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. ގޯތި ދޫކުރާނީ ރަށުގެ ހުޅަނގު ފަރާތުން ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ދިޔުމަށް ހަދާފައިވާ (ވެށި ހިނގުން) މަގުގެ ދެފަރާތުން ހުސްކޮށް އޮތް ސަރަޙައްދުންނެވެ.

ގދ.ނަޑެއްލާއިން ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

  1. ދިވެހިރައްޔިތެއް ކަމުގައިވުން.
  2. ޢުމުރުން 18 އަހަރު ވެފައިވުން.
  3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން.  ނުވަތަ ލިބިފައިވާ މިފަދަ ބައެއް ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން ދޫކޮށްލުން.
  5. ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.
  6. އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިނެތުން، ނުވަތަ މިފަދަތަނެއް އަމިއްލަ ނަމުގައިއޮވެ މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.
  7. ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި ނުވަތަ އޮވެ އެގޯއްޗަކާމެދު ޢަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިންކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތި ނުނެގޭނެ ގޮތެއްބަލާ އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު"  ގެ 16ވަނަ މާއްދާގައިބުނާ ކޮމިޓީއަށް ފެނުން.

ވީމާ، މިރަށުން ގޯއްޗަށް އެދޭ މަތީގައި ދެންނެވި ޝަރުތު ހަމަވާ ފަރާތަތަކުން ގޯއްޗަށް އެދޭ ފަރާތުގެ އައިޑީ ކާޑް ނަންބަރު އެނގެނޭ ރަސްމީ ލިޔުމެއް ހިއްޕަވައިގެން މި އިދާރާއަށް ދުރުވެ ފޯމް ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު މުއްދަތު ހަމަވުމުގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ ގޯއްޗަށް އެދޭ ފަރާތުގެ އައިޑިކާޑް ނަންބަރު އެނގޭނޭ ރަސްމީ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.

މި އިޢުލާނާއެކު ގޯތި ދިނުމުގެ އުޞޫލުވެސް އާންމު ކުރަމެވެ. މި ޢުސޫލާއި އިޢުލާން މިކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ހަރުކުރެވިފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6840007 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 12ސެޕްޓެމްބަރު2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން  މި އިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ބަންޑާރަ ގޯއްޗަށް އެދޭ ފޯމް މި އިދާރާގެ ރިސެޕްޝަނުންނާއި www.nadellacouncil.gov.mv ވެބްސައިޓުން ލިބެން ހުންނާނެވެ. 

26 ޛުލްޙިއްޖާ 1440

27 އޮގަސްޓް 2019

27 އޮގަސްޓް 2019
ހޯދާ