އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކެލިގްރަފީ ކޯސް ނަގައިދޭނެ ފެސިލިޓޭޓަރެއް ހޯދުމަށް

ކެލިގްރަފީ ކޯސް ނަގައިދޭނެ ފެސިލިޓޭޓަރެއް ހޯދުމަށް

                   

ނަންބަރު:IUMH-AD/I/2019/18

އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކެލިގްރަފީ ކޯސް ކުރިއަށް ގެންދާނެ ފެސިލިޓޭޓަރެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރ IUMH-AD/I/2019/15  އަށް އިޖާބަދީފައިވާ ފަރާތްތައް މަދު ވުމުން، ކެލިގްރަފީ ކޯސް ކުރިއަށް ގެންދާނެ ފެސިލިޓޭޓަރެއް ހޯދުމަށް އިއުލާން ކުރަމެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މިކުންފުނިން ކުރިއަށްގެންދާ ކެލިގްރަފީ ކޯހުގައި ކިޔަވައިދިނުމާއި ތަމްރީނު ދިނުން. 

މަސައްކަތުގެ އަގު

ގަޑިއަކަށް ވާވަރު ކަނޑައަޅާނީ ކުންފުނިން

މަސައްކަތް ކުރަންޖެހޭ ތަން

މާލެ

ތަޢުލީމާއި ތަޖުރިބާ

  • ޢަރަބި ލިޔުމުގެ ބާވަތްތައް އުނގެނިފައިވުން.
  • ޢަރަބި ލިޔުމާއި ގުޅޭ އިސްލާމީ ފަންނު ކިޔަވައި ދިނުމުގެ ގާބިލްކަން ހުރުން.
  • ޢަރަބި ލިޔުމުގެ ސޮފްޓްވެއަރ ކިޔަވައިދޭން އެނގުން
  • އޮޓޯކެޑް އަދި ކޮރަލްޑްރޯގެ ވެށީގައި ޢަރަބި ލިޔުމާއި އެއާއި ގުޅޭ އިސްލާމީ ފަންނު ކިޔަވައި ދިނުމުގެ ގާބިލްކަން ހުރުން.
  • އިންޓީރިއަރ އަދި އެކްސްޓީރިއަރ ގައި ޢަރަބި ލިޔުމާއި އިސްލާމީ ފަންނު ބޭނުންކުރާނެ ގޮތް ކިޔަވައި ދިނުމުގެ ގާބިލްކަން ހުރުން.
  • މިފަދަ ސެޝަންތައް ފެސިލިޓޭޓްކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.
  • އިނގެރޭސި ނުވަތަ ދިވެހިބަސް އަދި ޢަރަބިބަހުން ފަސޭހަކަމާއެކު ވާހަކަދައްކަން، ލިޔަން ކިޔަން އެނގުން.
  • އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި އަދި ގިނަބަޔަކާ އެކުގައި ގުޅިގެން މަސައްކަތްކުރުން.

މި މަސައްކަތްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ ބަޔާންކޮށް ވަނަވަރު (ތަޖްރިބާގެ ލިޔުންތަކާއި އެކު)
  • އެޓެސްޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ދިވެހިރާއްޖެއިން ބޭރުން ތަޢުލީމް ހާސިލްކޮށްފައިވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ (މުއްދަތު ހަމަނުވާ)
  • ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

 

ވީމާ، ޕްރޮގްރާމްތައް ފެސިލިޓޭޓްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކުންފުނީގެ އޮފީހަށް (ކިންގ ފަހުދް ބިލްޑިންގ) މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 5 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވާ ލިޔުންތައްވެސް ބަލައިގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022161 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

27 އޮގަސްޓް 2019
ހޯދާ