މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރުގައި ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 36 ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ                                                         ނަންބަރު: 54/IUL)303-AS/303/2019)

އިޢުލާން

 

އުނގޫފާރުގައި ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 36 ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

            ދިރިއުޅުމަށްޓަކައި މިރަށުން ގޯތި ބޭނުންވާ ފަރާތްތަކަށް މިކައުންސިލުން ހުޅުވާލި ފުރުސަތުގައި ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ޢާންމުކޮށް އިޢުލާނުކުރީމެވެ.

         ވީމާ، ޕޮއިންޓް ލިބިފައިވާ ގޮތާއިމެދު ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތަތަކުން 26 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން " އުނގޫފާރުގައި ދިރިއުޅުމަށް ހަމަޖެހިފައިވާ 36 ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

          ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާނުކުރެވޭނީ ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ އެއުނިއިތުރެއް ގެނައުމަށްފަހުގައެވެ.

          ޝަކުވާ ފޯމް ދޫކުރުމާއި ބަލާގަތުން: ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ން 12.00 އަށް

          ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

            25 ޛުލްޙިއްޖާ 1440

            26 އޯގަސްޓް 2019   

26 އޮގަސްޓް 2019
ހޯދާ