އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އަލަށް ހަދާ އިމާރާތެއް ކުރަހައިދީ ބީއޯކިއު ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ހުޅުމާލޭގައި މިއޮފީހުން ހަދަން ބޭނުންވާ އިމާރާތެއް މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ކުރަހައިދީ ބީއޯކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް  2019 ޖުލައި 09 ގައި ކުރެވުނު ނަންބަރު (IUL)7-ADMN/1/2019/49 އިޢުލާނު ބާތިލުކޮށް މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ސެޕްޓެމްބަރު 2 ވާ ހޯމަ ދުވަހުގެ 14:00 އަށް  މިއޮފީހަށް  ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 2019 ސެޕްޓެމްބަރު 9 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ދުވަހު 14:00 ގެ ފަހުން ކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތައް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

26 އޮގަސްޓް 2019
ހޯދާ