މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ސްކޮލަރޝިޕް 2019

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ސްކޮލަރޝިޕް 2019

ކޯހުގެ ނަން  

އިކޮނޮމިކްސް

 ލެވެލް:

ބެޗެލަރސް ޑިގްރީ

ޤައުމު:

އޯއީސީޑީ ޤައުމެއް

ކޯހުގެ ޝަރުތު:

  • އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން ފާސްވެފައިވުން ނުވަތަ ޕްރޮގްރާމާ ގުޅޭ ދާއިރާ އަކުން ޑިޕްލޮމާ ޙާޞިލް ކޮށްފައިވުން
  • ޖީސީއީ/އަޖީސީއެސްއީ އޯލެވެލް އިމްތިހާނުން "އިނގިރޭސި" މާއްދާއިން "ބީ" އިންފެށިގެން މަތިން ފާސް ވެފައިވުން

 

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ ސްކޯލަރޝިޕް އަށް އެދޭ ފޯރމް   
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ކޯހަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

އިތުރު މަޢުލޫމާތު

  • ސްކޮލަރޝިޕް ދޭނެފަރާތެއް ކަނޑައެޅުމުގައި ބަލާނެ ކަންކަމާއި މާކްސް ދޭނެ ގޮތް މި އިޢުލާން އާއެކު އެޓޭޗްކޮށްފައިވާނެއެވެ.
  • ސްކޯލަރޝިޕަށް ހޮވޭ ފަރާތަށް ތިރީގައި މިވާ ގޮތުގެ މަތިން ކޯހުގެ ޚަރަދު ހަމަޖައްސައިދެވޭނެއެވެ.

ހ. ޓިއުޝަން ފީ އާއި ޔުނިވަރސިޓީ އަށް ދައްކަންޖެހޭ އެހެނިހެން ޚަރަދުތައް

ށ. ޕްރޮގްރާމުގައި ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ޚަރަދު

ނ. ބުކް އެލަވަންސް ( އަހަރަކު އެއްފަހަރު)

ރ އެސްޓެބްލިޝްމަންޓް އެލަވަންސް ( ޕްރޮގްރާމް އަލަށް ފަށާއިރު)

ބ. ޑިޕާރޗަރ އެލަވަންސް ( ޕްރޮގްރާމް ނިމުމަށްފަހު އެނބުރި އަންނައިރު)

ޅ. ޕްރޮގްރާމް ފެށުމަށްޓަކައި ކިޔެވުން ހަމަޖެހޭ ޤައުމަކަށް ދިއުމުގެ ޓިކެޓާއި، ޕްރޮގްރާމް ނިމުމުން އެނބުރި އައުމުގެ ޓިކެޓް (އިކޮނޮމީ ކްލާހުން)

ކ. ވިސާ ޚަރަދު (ކިޔަވާ މަރުކަޒުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން)

އ. ހެލްތު އިންޝުރެންސް (ކިޔަވާ މަރުކަޒުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން)

  • ކޯސް ފުރިހަމަކުރެއްވުމަށްފަހު، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް މި އޮތޯރިޓީގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.
  • މި ސްކޯލަރޝިޕަށް ހޮވޭ ފަރާތުން ކިޔެވުން ފުރިހަމަކުރަންވާނީ މިއޮތޯރިޓީއިން ކަނޑައަޅާ ޔުނިވަރސިޓީ އަކުންނެވެ. ޔުނިވަރސިޓީ ޕްލޭސްމަންޓް ހޯދުމުގައި މި އޮތޯރިޓީއިން އެހީތެރިވާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 12 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 12:00

އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން:   މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، މަޖީދީ ބިލްޑިންގ، ބޮޑުތަކުރުފާނުމަގު، މާލެ

 ކޯހަށްއެދޭ ފޯމު މި  އޮތޯރިޓީގެ ވެބްސައިޓް http://www.mma.gov.mv އިންް ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފޯނު ނަންބަރު 3012133 /3012134 އަށް ގުޅުއްވުން އެދެމެވެ.

26 އޮގަސްޓް 2019
ހޯދާ