ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
މަސައްކަތު (ފުނަދޫ އެއަރޕޯޓް)

މި އިޢުލާންވަނީ 01 ސެޕްޓެންބަރު 2019 1330 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މަޤާމް: 

މަސައްކަތު

މަޤާމުގެ ނަންބަރު:

J-314454، J-314456، J-314457، J-314458، J-314459، J-314460،  J-314461

ބޭނުންވާ ޢަދަދު:  

07

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:  

އެސް.އެސް.1

މަގާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށި އެއަރޕޯޓް އޮފީސް / ހދ.ކުޅުދުއްފުށި

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2:

މަހަކު -/1200 ރުފިޔާ

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. އޮފީހުން އަންގާ ގޮތެއްގެމަތީން އެއަރޕޯރޓް ޢިމާރާތްތައް ފޮޅާ ސާފްކޮށް ބެލެހެއްޓުމާއި އަދި ތަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތާކާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  2. ރަންވޭ މަރާމާތުކޮށް ކުލަލާ ބެލެހެއްޓުމާއި، ރަންވޭ އަދި އޭޕްރަންގެ ކައިރިޖެހުމުގެ އިތުރަށް ރަންވޭ ސާފްކޮށް ބެލެހެއްޓުން.
  3. ޓާރމިނަލް ފޮޅާސާފުކޮށް، ޓާމިނަލްގައި ލާންޖެހޭ ކުލަ އާއި ދަވާދުލުމާއި ޓާމިނަލް ސަރަޙައްދުގައި ބަގީޗާ ގަސް އިންދާ ބެލެހެއްޓުން.
  4. ޓްރޯލީތައް ބެލެހެއްޓުމާއި ފަސިންޖަރުންނަށް ދަތިނުވާނެ ގޮތެއްގެމަތީން ޓްރޮލީތައް ލިބެންހުންނާނޭ އިންތިޒާމް ހަމަޖެއްސުމާއި ފްލައިޓް ގަޑި ނިމުމުން ޓްރޮލީތައް ބެހެއްޓުމަށް ޚާއްޞަކުރެވިފައިވާ ތަންތަނަށް ޓްރޮލީތައްލުން.
  5. ޓާރމިނަލް އެތެރޭގެ ފާޚާނާ ސާފްކޮށް ބެލެހެއްޓުމާއި އަދި ޓާރމިނަލް ކުރިމަތީ ޕާރކްގައި ހުންނަ އާއްމު ފާޚާނާތައް ސާފްކޮށް ބެލެހެއްޓުން.
  6. އަދި މީގެއިތުރުންވެސް ޓާރމިނަލް ސަރަހައްދު ސާފްކޮށް ބެލެހެއްޓުމާއި ފަސިންޖަރުންނާއި ޒިޔާރަތްކުރާ މެހެމާނުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ރާވައި ހިންގަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.
  7. އޮފީހުން އަންގާ ގޮތެއްގެމަތީން އެއަރޕޯރޓް ޢިމާރާތްތައް ފޮޅާ ސާފްކޮށް ބެލެހެއްޓުމާއި އަދި ތަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތާކާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން
  8. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައްކުރުން.

 

 

 

 

 

 

މަޤާމުގެ ޝަރުތުތައް:

  1. ލިޔަންކިޔަން އެނގުން.

ނޯޓް: ލިޔަންކިޔަން އެގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންނިކަމުގެ ލީވިންގް ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

 

މަޤާމުގެ ދާއިރާ

  • ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/dv/downloads/7085 ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތީރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އާދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

ވަޒީފާ އަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށް  %26
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް %26
  3. އިންޓަރވިއު އަދި ޕްރެކްޓިކަލްސް %48
  4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %35 އަށްވުރެމަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ  14:00ގެ ކުރިން، ރީޖަނަލް އެއަރޕޯޓްސްއަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް     (hr@airports.gov.mv) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. މިމަޤާމަށް ޝަތުރު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 04 ސެޕްޓެމްބަރ 2019 އާއި 05 އޮކްޓޯބަރ 2019 އާ ދެމެދު، ށ.ފުނަދޫ ގައެވެ. އެ ތާރީޚްތަކުގައި އިމްތިހާން، ޕްރެޒެންޓޭޝަން އަދި އިންޓަވިއު  އަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

ޝޯޓް ލިސްޓްކުރުން

 

މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން %33 (ތިރީސް ތިން އިންސައްތަ) ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

 

އިތުރު މަޢުލޫމާތު ހޯދުން

 

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ  3323776 / 7993776އެވެ. އީމެއިލް ކުރާނީ (hr@airports.gov.mv) އަށެވެ.

25 އޮގަސްޓް 2019
ހޯދާ