އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ ގެ މަޤާމަށް މީހަކު ހޯދުމަށް

 

އިޢުލާނު

 

 މަޤާމް:

މުނިސިޕަލް ސަރވިސް އޮފިސަރ

 

 

 މަޤާމުގެ ނަންބަރު:

J-227556

 

 

ބޭނުންވާ އަދަދު: 

1

 

 

 މަޤާމުގެ ގިންތި:

ދާއިމީ

 

 

 މަޤާމުގެ ރޭންކް:

އެމް.އެސް 1

 

 

 މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 01

 

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސެކްޝަން:

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ / އދ. އޮމަދޫ

 

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

 

 

 މުސާރަ:

5,610/- ރުފިޔާ (މަހަކު)

 

 

 ސަރވިސް އެލަވަންސް:

2000/- ރުފިޔާ (މަހަކު)

 

 

އެހެނިހެން އެލަވަންސް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/700 ރުފިޔާ (މަހަކު).

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނީލަން ކިޔުމަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުމާއި އަދި ފައިސާ ހޯދުމަށް މަސައްކަތްކުރުން.
  2. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް އާއި ގުޅޭ އެންމެހާ ކަންތައްތަކެއް ބެލެހެއްޓުން.
  3. އޮޑިދޯނިފަހަރުގެ ރަޖިސްޓުރީގެ ކަންތައްތަކާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީއާއިގުޅޭ އެންމެހާ ކަންތައް ތަކެއް ބެލެހެއްޓުން.
  4. ކައުންސިލްގެ ރަށްވެހިގެ ސާފުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމާއި ގުޅޭ އެންމެހާ ކަންތައްތަކެއް.
  5. މަގުކޮނުމަށް ހުއްދަދިނުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްތުމާއި ގުޅޭ އެންމެހާ ކަންތައްތަކެއް..
  6. ގޯތިގޯތީގެ އިންފާރާއި މަގުފާރާއި ކަންމަތި ރޭނުމަށް އިންޖަހައި ދިނުން.
  7. ކުލީބިންތަކާއި އިޖުތިމާޢީ ޞަރަޙައްދުގެ ބިންތައް ބެލެހެއްޓުން.
  8. ކަރަންޓްގެ ޚިދުމަތާއި ބޯފެނާއި ނަރުދަމާއާއި އެނޫންވެސް އަސާސީ ޚިދުމަތްތަކާއި ގުޅޭ ކަންތައްތައް ބެލެހެއްޓުން.
  9. ފައިލްކުރަންޖެހޭ އެންމެހާތަކެތި ފައިލްކޮށް ބެލެހެއްތުމާއި ، ފައިލިންގް ސިސްޓަމް ބެލެހެއްޓުމާއި ފޮތްތައް ތަރުތީބުކުރުން.
  10. ހުކުރު ޙަވާލުކުރުން.
  11. އައި.ޑީ ކާރޑް ހެއްދުމާއިގުޅޭ ކުރަންޖެހޭ އެންމެހާ ކަންތައްތަކެއް ކުރުން.
  12. ކައުންސިލް އިދާރާގެ ކަރަންޓާއި ފޯނު އަދި އިންޓަނެޓާއި ގުޅޭ އެންމެހާ ކަންތައްތަކެއް ބެލެހެއްޓުން.
  13. ވަލުގައި ހުންނަ ޢާއްމުންގެ ރުއްގަހުގެ ހިސާބު ބެލެހެއްޓުން.
  14. އެކިފަރާތްތަކަށް ބޭނުންވާ ބިން ހޯދުމަށް މޯލްޑިވްސް ލޭންޑް ސަރވޭ އޮތޯރިޓީއަށް ފޮނުއްވަންޖެހޭ އެންމެހާ ލިޔެކިއުންތަކެއް ތައްޔާރުކޮށް ފޮނުވުމާއި ބިން ހޯދުމުގެ މަސައްކަތް ކުރުން.
  15. މިސްކިތްތަކުގެ މުވައްޒަފުންގެ ޙާޟިރީގެ ކަންތައްތައް ބެލެހެއްޓުމާއި ބަދަލު އިންތިޒާމު ހަމަޖެއްސުން.
  16. މިސްކިތްތަކުގެ މަރާމާތާއި ، ފޮޅާސާފުކުރުމަށް ބޭނުންވާ ތަކެތި ހޯދުމާއި ، ވަގުތީގޮތުން މިސްކިތްތަކަށް ނަގަން ބޭނުންވާ މީހުން ނެގުމުގެ ކަންތައް ކުރިއަށް ގެންދިއުން.
  17. މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުން.
  18. މީގެ އިތުރުން ، ވަޒީފާގެ މަސްޢޫލިއްޔަތާއު ގުޅިގެން ކައުންސިލްގެ ރައީސް ނުވަތަ ޒިންމާދާރުވެރިޔާ އަންގާ ކަންތައްތައް ކުރުން.

 

 

 

 މަޤާމުގެ ޝަރުޠުތައް:

 

ހުށަހަޅަންޖެހޭ ލިޔުންތއް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ، އާބަން ސްޓަޑީޒް ގެ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

 

 

 

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު /ލެވެލް ކަނޑައަޅާފައިވާ ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަނނަސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

      (ށ) މަތީ ތަޢުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު  ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ،އެ ސެޓުފިކެޓުގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިންލްޢަޤުބާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި  ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުވަތަ ވާޖިބުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ( ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއެއްގައި ރަޖިސްޓުރީ ކޮށްފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމުތަކާއި ،  ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން (%40)
  • ޢިމްތިޚާނު (ސިވިލްސާރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާނު) (%5)
  • ލިބިފައިވާ މަސައްކަތުގެ ތަޖރިބާ ()
  • ލިބިފައިވާ ހުނަރު (އިންޓަވިއު/ޕްރެކްޓިކަލް)  (%40)

 

 

 

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:                    

ވަޒީފާއަށް އެދޭ ފޯމު  އދ.އޮމަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ http://www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ސެޕްޓެންބަރ 2019 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން، އދ.އޮމަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،     adhomadhoocouncil@gmail.comއެވެ. އަދި ޢިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 އިންޓަވިއުއާއި ޕްރެކްޓިކަލް

އޮންނާނެ ތަނާއި ، މުއްދަތު:  

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް  އޮންނާނީ،  04 ސެޕްޓެންބަރ 2019   އާއި 19 ސެޕްޓެމްބަރ 2019   އާ ދެމެދު، އދ.އޮމަދޫ ކައުންސިލް އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް  ޝޯޓްލިސްޓް ކުރެވޭނެއެވެ.

   

 

 އިތުރު މަޢުލޫމާތު ހޯދުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680542 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ   adhomadhoocouncil@gmail.comއަށެވެ.

 

24 ޒުލްޙިއްޖާ      1440

                     25 އޮގަސްޓް      2019                     

25 އޮގަސްޓް 2019
ހޯދާ