ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރުމާއިގުޅޭ

އިޢުލާން

ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރުމާއިގުޅޭ:

              ހއ. ކެލާ އިން ދަނޑުވެރިކަން ކުރުމަށްޓަކައި 7000 އަކަފޫޓްގެ 02 ބިން 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. މިއިޢުލާން އާންމުކުރުމާއި ގުޅިގެން މިއިދާރާއިން ކުރި ނަންބަރ (IUL)249-A/249/2019/54 (04 އޯގަސްޓް 2019) އިޢުލާން ބާޠިލްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

              ވީމާ މި ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި ކެލާ ކައުންސިލްއިދާރާގެ މީޓިންރޫމަށް ވަޑައިގެން މައުލޫމާތުސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

ތާރީހް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުން

27 އޯގަސްޓް 2019

އަންގާރަ

13:00

އަންދާސީހިސާބު ހުށަހެޅުން

03 ސެޕްޓެމްބަރ 2019

އަންގާރަ

13:00

 

މަޢުލޫމާތު ސާފުކުރުމާއި ބިޑުހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި، ޕާޓްނަރޝިޕް، އަމިއްލަ ފަރުދުންގެ ވިޔަފާރި، ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ކޮންމެވެސް އެއް ހައިޞިށްޔަތަކުންނެވެ. އަދި ބިޑްހުށަހެޅުމުގައި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިއުމެއް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފު ކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައި ގަނެވެން ނެތްވާހަކަ ދަންނަވަމެވެ.

22 އޯގަސްޓް 2019

22 އޮގަސްޓް 2019
ހޯދާ