މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިދޭސީންގެ ޑިޕޮސިޓް ފައިސާ ބަލައިގަތުން

 

ޢިއުލާން

ބިދޭސީންގެ ޑިޕޮސިޓް ފައިސާ ބަލައިގަތުން 

ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ގެނެވޭ ބިދޭސީންނަށް ދައްކާ ޑިޕޮސިޓް ފައިސާ، 25 އޯގަސްޓު 2019 ވާ އާދީއްތަ ދުވަހުން ފެށިގެން ދެއްކޭނީ ހަމައެކަނި "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ކަމުގައި ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

އަދި މިހާރު ހުރަވީ ބިލްޑިންގ 03 ވަނަ ފަންގިފިލާއިން ބަލައިގަންނަމުން ގެންދާ ބިދޭސީ މަސައްކަތްތެރިންނަށް ދައްކާ ޑިޕޮސިޓް ފައިސާ 25 އޯގަސްޓް 2019 ވާ އާދީއްތަ ދުވަހުން ފެށިގެން މިމިނިސްޓްރީގެ ލޭބަރ އެންޑް އެމްޕްލޯއިމެންޓް ސެކްޝަންގެ ކައުންޓަރުތަކުން ބަލައިގަންނަމުން ނުގެންދާނެ ވާހަކަ ވެސް ދެންނެވީމެވެ.

‏21‏ ޛުލްޙިއްޖާ‏ 1440

22 އޮގަސްޓް 2019
ހޯދާ