ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލ. އިސްދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ:

 

 

ނަންބަރު: FNK-I/IUL/2019/168  

 

އިޢުލާން

ލ. އިސްދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ:

 

 

މިކުންފުނީގެ ލ. އިސްދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު   FNK-I/IUL/2019/134 ޢިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ  އަންދާސީ ހިސާބުތައް އެކަށީގެންވާ ވަރަށްވުރެ އަގުބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ. މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގެ ލ.އިސްދޫ ބްރާންޗުން ލިބިވަޑައިގަންނަވާނެއެވެ. އަދި  މަޢުލޫމާތު ކަރުދާސް މި ޢިޢުލާންއާއި އެކު އެއްއުރަ ކުރެވިފައިވާނެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ސެޕްޓެމްބަރ  2019ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށެވެ. ނުވަތަ ލ.އިސްދޫ ބްރާންޗަށެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތަކާއި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

 

          18 ޛުލްޙައްޖް 1440

          19  އޮގަސްޓް  2019    

                          

 

 

 

19 އޮގަސްޓް 2019
ހޯދާ