ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ނޯޓިސްބޯރޑް ހެދުމާއިގުޅޭ

ވަންދޫ ކައުންސިލް އިދާރާގެ ނޯޓިސްބޯޑް ހެދުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރެވިފައިވާ (IUL)388-PRO/388/2019/5 (15 ޖަނަވަރީ 2019) ޢިއުލާން ބާތިލްކޮށް އިޢުލާންކުރަމެވެ.

                          ވަންދޫ ކައުންސިލް އިދާރާގެ ނޯޓިސްބޯޑް ހެދުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 27 އޯގަސްޓް 2019 ވަނަ ދުވަހު 10:00 ގައި މިއިދާރާއިން މައުލޫމާތު ސާފުކުރެއްވުމަށްފަހު  5 ސެޕްޓެމްބަރ 2019 ވަނަ ދުވަހު 10:00 ގައި މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ބަދަލުގައި އެހެންފަރާތެއް ޙާޟިރުވާނަމަ ވެރިފަރާތުގެ ނުވަތަ ކުންފުނީގެ ރަސްމީ ސިޓީއެއް މަތީގައި ބަޔާންކުރެވިފައިވާ ތަކެތީގެ އިތުރުން ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުގައި އެފަރާތެއްގެ ނަމާއި އެޑްރެސް އަދި މަސައްކަތުގެ ނަމާއި މަސައްކަތުގެ އަގު އަދި މަސައްކަތް ކުރުމަށް ރާވާފައިވާގޮތް އެނގޭނޭހެން ތަފްސީލްކޮށް ހިމަނަންވާނެއެވެ.

                    މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

19 އޮގަސްޓް 2019
ހޯދާ