ރ. ފައިނު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފައިނުގައި ޢިމާރާތްކޮށްފައިވާ ހަރުގެއާއި ހަރުގޭގައިވާ އެންމެހާ ތަކެތި ވިއްކާލުމާބެހޭ.

އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފައިނުގައި އިންޑަސްޓްރިއަލް މަސައްކަތެއް ކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ފައިސާ ހޯދުމަށްއެދި ދައުލަތުން ދަޢުވާކުރެއްވުމުން ބެލެވުނު މިކޯޓުގެ ނަންބަރު 01/E14C/2016 ޤަޟިއްޔާގެ ޙުކުމް ތަންފީޛްކުރުމަށްޓަކައި ބެލެވުނު މިކޯޓުގެ ނަންބަރު 01/E14C/2018 ޤަޟިއްޔާއިން އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފައިނުގައި ޢިމާރާތްކޮށްފައިވާ ހަރުގެ އާއި ހަރުގޭގައިވާ އެންމެހާތަކެތި ވިއްކާލުމަށް ބޭނުންވެއެވެ.

 

ވިއްކާލުމަށްބޭނުންވާ މުދަލުގެ ތަފްޞީލް:

ސުމާރު ނަންބަރު

ތަކެތީގެ ޢަދަދު

ތަފްޞީލް

ވިއްކާލުމުގެ ފެށޭ އަގު

01

01

އިންޑަސްޓްރިއަލް މަސައްކަތެއް ކުރުމަށްޓަކައި ހަދާފައިވާ ހަރުގެ

0.00

02

01

ބަންނަން ފަށާފައިވާ ފައިބަރު ދޯނި (65 ފޫޓް)

0.00

03

01

ފައިބަރު ދޯނި ބަނުމަށް ހަދާފައިވާ މޯލްޑް (65 ފޫޓް)

0.00

04

118

ފުލައިވުޑް ފިލާ (06mm)

0.00

05

01

ޑީސަލް ޖެނެރޭޓަރ (ބްރޭންޑް: MG131S، 30kw)

0.00

 

ނޯޓު: އިސްވެ ދެންނެވުނު ހަރުގެ އާއި ހަރުގޭގައިވާ އެންމެހާ ތަކެތި ބައްލަވާލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިކޯޓަށް ދުރުވުމުން އެއިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމުގައި ދެންނެވީމެވެ.

 

ވިއްކާލުމުގެ ތަފްޞީލް:

ވިއްކާލުމަށް ހުޅުވާލި ތާރީޚް: 18 އޮގަސްޓް 2019

މުއްދަތު ހަމަވާ ތާރީޚް : 02 ސެޕްޓެމްބަރ 2019 ގެ 13:30

ބިޑްކުރާނެ ތަން: ރ.ފައިނު މެޖިސްޓްރޭޓް ކޯޓު

 

އަގު ހުށަހެޅުން:

މުދާ ގަތުމަށްއެދި ހުށަހަޅަން ޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ހެނދުނު 09:00 އާއި 13:30 އާ ދެމެދު ރ.ފައިނު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބަންދުކުރެވިފައިވާ ސިޓީ އުރައިގެ ބޭރުގައި "އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފައިނުގައި ޢިމާރާތްކޮށްފައިވާ ހަރުގެއާއި ހަރުގޭގައިވާ އެންމެހާ ތަކެތި ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

 

އަމިއްލަ ފަރުދެއްނަމަ: -އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް (ހުށަހަޅަ ފަރާތުގެ ފޯނު ނަންބަރާއެކު)

              -ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ކުންފުންޏެއްނަމަ:    -މި ނީލަމާ ގުޅިގެން ރ.ފައިނު މެޖިސްޓްރޭޓް ކޯޓާ މުޢާމަލާތްކުރައްވާނެ ފަރާތަށް ގުޅޭނެ ފޯނު ނަންބަރު ހިމެނޭހެން އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް.

               -ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

               -މި ނީލަމާ ގުޅިގެން ރ.ފައިނު މެޖިސްޓްރޭޓް ކޯޓާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ރ.ފައިނު މެޖިސްޓްރޭޓް ކޯޓުގެ ފޯނު ނަންބަރު 6580617     (އީމެއިލް: [email protected]) އާ ގުޅުއްވުން އެދެމެވެ.

18 އޮގަސްޓް 2019
ހޯދާ