މަޑުއްވަރީ ސްކޫލް/ މ.މަޑުއްވަރީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޑުއްވަރީ ސްކޫލް

މ.މަޑުއްވަރި

ދިވެހިރާއްޖެ

ނަމްބަރ : GS–167/IUL/2019/18

އިޢުލާން

ވަޒީފާގެ ފުރުސަތު

 

މަޤާމް:              އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ:          J-243215

ބޭނުންވާ އަދަދު:            1     

މަޤާމުގެ ގިންތި:           ދާއިމީ  

މަޤާމުގެ ރޭންކް:           ޖީ.އެސް 3 

މަޤާމުގެ ކްލެސިފިކޭޝަން:        އޮފިސަރ ގްރޭޑް 1 

ސެކްޝަން:              އެޑްމިނިސްޓްރޭޓިވް ސެކްޝަން

މަޤާމް އޮތް އޮފީސް:         މަޑުއްވަރީ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:       މަޑުއްވަރީ ސްކޫލް، މ. މަޑުއްވަރި   

މުސާރަ:                -/4465 ރުފިޔާ    

ސަރވިސް އެލެވަންސް:           -/1500 ރުފިޔާ

ސަޕޯޓިން ކޯ އެލަވެންސް:         -/700 ރުފިޔާ  

 

އިތުރު ޢިނާޔަތްތައް:

1.     ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2.     ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3.     ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. އެންޓްރީ  ނެގުމާއި އެންޓްރީ ހަވާލުކުރުން، ސެކްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުން.
  2. ދުވަހުން ދުވަހަށް ސްކޫލަށް އަންނަ މެއިލް، މެސެޖް އަދި ސިޓީތައް އެންޓްރީކޮށް އެ ހަވާލްކުރަންޖެހޭ މުވައްޒަފުންނަށް ހަވާލްކުރުން. އަދި ޖެމްސް ޗެކްކޮށް އެންޓްރީނެގުން.
  3. ދުވަހުން ދުވަހަށް ސްކޫލަށް އަންނަ މެއިލް، މެސެޖް  އަދި ސިޓީތަކަށް ޖަވާބްދިނުމާއި އެ މެސެޖްތައް ފައިލްކުރުން.
  4. މުވައްޒަފުންގެ ހާޒިރީ ބެލުމާއި، ކޮންމެ މަހެއްގެ އޯޓީ ތައްޔާރުކުރުމާއި، ކޮންމެ އަހަރެއްގައި އެޕްރައިސަލް ތައްޔާރުކުރުން އަދި މުވައްޒަފުންނާ ގުޅުންހުރި އެންމެހާ އިދާރީ މަސައްކަތް ކުރުން.
  5. އެކި ކަންކަމުގައި ސްކޫލުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ކަމާބެހޭފަރާތްތަކަށް ހިއްސާކުރުން.
  6. މުވައްޒަފުންގެ ހާޟިރީ ސަލާމް / ޗުއްޓީ / ހާޒިރުނުވާ / ގަޑިޖެހުން ފަދަ ކަންކަން ސިވިލް ސަރވިސްގެ ޤަވާއިދާއި އެއްގޮތަށް ހާޒިރީގައި ކޮންމެ ދުވަހަކު އަޕްޑޭޓްކުރުން އަދި މެޑިކަލް ސެޓްފިކެޓް / ސަލާމް ނުވަތަ އާއިލީ ޒިންމާގެ ފޯމް ބަލައިގަނެ، ޕްރޮސެސް ކުރުން.
  7. ސްކޫލްގެ އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުން.
  8. ސްކޫލުގެ ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.
  9. ޖީ.ސީ.އީ އޯލެވެލް އިމްތިޙާންގެ ކަންތައްތައް، ޙަވާލުވެ ތިއްބަވާ ވެރިން އަންގާ ގޮތެއްގެ މަތިން ކުރުމާއި، ސެޓްފިކެޓްތައް ލިބުމުން އޭގެވެރިންނަށް ޙަވާލުކުރުމަށްޓަކައި ވެރިން އަންގާ ގޮތެއްގެ މަތިން ޢަމަލުކުރުން. އަދި           ޖީ.ސީ.އީ އޯލެވެލް އިމްތިޙާންތަކުގެ އިދާރީ ލިޔެކިޔުންތަކުގެ ކަންތައްތައް ކުރުން.
  10. ސަރުކާރުގެ މުދަލާ ފައިސާއާއިބެހޭ ޤަވާއިދުތަކާ އެއްގޮތަށް މަރުކަޒުގެ ސްޓޮކް ބެލެހެއްޓުން. އަދި ސްޓޮކަށް އެތެރެވާ، ސްޓޮކުން ބޭރުވާ ތަކެތި ރެކޯރޑްކޮށް ބޭނުންވާ ތަކެތީގެ މަޢުލޫމާތު ބަޖެޓް ސެކްޝަނަށް އަންގާ، ބެލެހެއްޓުން.އަދި މުވައްޒަފުންނަށް ދަތި ނުވާނޭހެން ތަކެތި ލިބޭނޭ އިންތިޒާމެއް ހަމަޖައްސާ ތަކެތި ދޫކުރުން.
  11. ތަކެއްޗާއި ޚިދުމަތަށް އެދޭ ފޮތުގައި ރެކޯޑުކޮށްގެން ގަންނަން ޖެހޭތަކެތީގެ ތަފްސީލްތައް ރެކޯޑުކޮށް ތަކެތި ގެނައުމުގެ އިންތިޒާމް ހަމަޖެއްސުން.

 

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ  އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް'  ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި'  މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.  

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

     އެޑްމިނިސްޓްރޭޝަން

 

ތައުލީމީ ރޮނގުތައް:

      ބިޒްނަސް އެޑްމިނިސްޓްރޭޝަން

      ބިޒްނަސް މެނޭޖްމަންޓް

      ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-   ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީން

-   މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-   މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލްސާރވިސް ކޮމިސަންގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން) ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ނުވަތަ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މ.މަޑުއްވަރީ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މ. މަޑުއްވަރީ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އަދި އިޢުލާން ސުންގަޑި ހަމަވުމުގެ ކުރިން އަލަށް ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅާއިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

   

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 27 އޮގަސްޓް 2019 އާއި 29 އޮގަސްޓް 2019 އާ ދެމެދު، މ. މަޑުއްވަރީ ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7772430 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

19 އޮގަސްޓް 2019
ހޯދާ