ދިވެހިރާއްޖެ
އިޢުލާން
ބޭހާއިބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ނަމްބަރ: 2016/R-49) ގެ 6.13 ގައިވާ ގޮތުގެ މަތިން "އިންޓަރނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާ އެކުލެވޭ ބާވަތްތައް އަމިއްލަ ބޭނުމަށް އެތެރެ ކުރަންވާނީ، ޞައްޙަ ބޭސް ސިޓީއެއް އޮވެގެންނެވެ. އަދި ވިޔަފާރީގެ ގޮތުގައި އިންޓަރނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ އެއްވެސް ބާވަތެއް އެތެރެކޮށް ވިއްކުމަކީ މަނާކަމެކެވެ."
ނަމަވެސް، އޮންލައިންކޮށް ގަނެގެން ޕޯސްޓުގެ ޒަރީޢާއިންނާއި، އަތްމަތީ ގެނެސްގެން ވިޔަފާރީގެ ގޮތުގައި އިޝްތިހާރުކޮށް، އެކިގޮތްގޮތަށް، ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ ބާވަތްތަކުގެ ބޭސްތައް ވިއްކަމުންދާކަން މިއޮތޯރިޓީއަށް ދަނީ ފާހަގަ ކުރެވެމުންނެވެ.
މިފަދަ ގޮތްގޮތަށް އެތެރެކުރާ ބޭސްތަކަކީ މިއޮތޯރިޓީގައި ރަޖިސްޓްރީކޮށް އޭގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭހެއް ނޫނެވެ. އަދި ބައެއް ބޭހުގައި އެކުލެވިގެންވާ ހުރިހާ މާއްދާތައް ލޭބަލްގައި ހިމަނާފައި ނުވާކަން ފާހަގަ ކުރެވުމާއިއެކު، ބޭހުގައި އެކުލެވިގެންވާ މާއްދާތައް ކިޔަންއެންގޭނޭހެން ލޭބަލްތަކުގައި ނުހުންނަ ކަންވެސް ފާހަގަ ކުރެވެއެވެ.
ވީމާ، ގަވާއިދާއި އެއްގޮތަށް މިއޮތޯރިޓީން ނަންގަވަންޖެހޭ ހުއްދަތައް ނުނަންގަވާ މިގޮތަށް ބޭސް އިމްޕޯޓްކޮށް ވިއްކުމަކީ މަނާކަމެއް ކަމަށާއި މިފަދަ ފަރާތްތަކާއިމެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމުގައިވެސް ދެންނެވީމެވެ.
އިތުރުމައުލޫމާތު މިއޮތޯރިޓީގެ ނަމްބަރ: 3014322 އިން ލިބިވަޑައިގަންނަވާނެއެވެ.