އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީ، ލައިޓިންގ، ކޭޓަރިންގ ޚިދުމަތަށް އެދި

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1 . މި މަދަރުސާގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީ ތައްޔާރުކޮށްދީ އެ ޖަލްސާގެ ލައިޓިންގއާއި ކޭޓަރިންގގެ ޚިދުމަތް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2 .  މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019އޯގަސްޓް 19 ން 2019 އޯގަސްޓް 22 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. 

3 .  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޯގަސްޓް 25 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ޕްރީ ބިޑް މީޓިންގ އޮންނާނީ، 2019 އޯގަސްޓް 25 ވަނަ ދުވަހުގެ 11:30 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 6 ވަނަ ފްލޯގެ މީޓިންގ ރޫމްގައެވެ. ބީލަން ހުށަހެޅޭނީ މި މީޓިންގގައި ބައިވެރިވާ ފަރާތްތަކަށެވެ.

4 .  ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 އޯގަސްޓް 29 ވަނަ ދުވަހުގެ 11:00 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 6 ވަނަ ފްލޯގެ މީޓިންގ ރޫމްގައެވެ.

5 .  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3323627

[email protected]

17 ޛުލްޙިއްޖާ 1440

 

18 އޮގަސްޓް 2019
ހޯދާ