މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މޮސްކު މެނޭޖްމަންޓް ސެކްޝަންގެ ޑިރެކްޓަރ މަޤާމަށް މީހަކު ހޯދުން

އިޢުލާނު

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-269616

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޮސްކު މެނޭޖުމަންޓް ސެކްޝަން / މޮސްކު އެފެއާޒު ޑިވިޜަން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މުސާރަ:

މަހަކު 8835.00ރ (އަށްހާސް އަށްސަތޭކަ ތިރީސް ފަސްރުފިޔާ)

ސަރވިސް އެލެވަންސް:

މަހަކު 2000.00 ރ (ދެހާސް ރުފިޔާ)

އެހެނިހެން އެލަވަންސް

1.      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2.      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3.      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންއިތުރުގަޑީގެ ފައިސާ.'

4.      ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/1100ރ (އެގާރަ ސަތޭކަ ރުފިޔާ)

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:


1.      އޮފީހުގެ މަޤްޞަދުތަކާއި،ރާވާފައިވާ ސްޓެރެޓަޖީތަކާއި އެއްގޮތަށް މޮސްކު މެނޭޖުމަންޓް ސެކްޝަންގެ މެންޑޭޓްގައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވާ ލަފާ ދިނުމާއި އެ މަސައްކަތްތައް ފަރުވާތެރިކަމާއި ޒިންމާދާރު ކަމާއެކު ކުރުމާއި ކުރުވުން.

2.      މޮސްކު މެނޭޖުމަންޓް ސެކްޝަންގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގާ ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތައް އިންތިޒާމް ކުރުމާއި ކުރުވުން.

3.      މޮސްކު މެނޭޖުމަންޓް ސެކްޝަނުން ދޭ ޚިދުމަތްތަކުގެ ދާއިރާތައް ކުރިއަރުވައި ތަރައްޤީ ކުރުމާއި،އެ ޚިދުމަތްތަތް އަވަސްވާނެ ގޮތަށް ކަންތައްތައް ރާވައި ބެލެއްޓުން.

4.      މޮސްކު މެނޭޖުމަންޓް ސެކްޝަނުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ލަފާ ދިނުމާއި އެކަންތައްތައް ރޭވުމާއި ރާވާގޮތުގެ މަތިން ކަންތައްތައް ހިގަމުންދޭތޯ ބެލެހެއްޓުން.

5.      މޮސްކު މެނޭޖުމަންޓް ސެކްޝަންގެ މަސައްކަތަކާ ގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދުތަކާއި ޢުޞޫލުތަކަށް ބޭނުންވާ ލަފާ ފޯރުކޮށްދިނުމާއި އެކަންކަން ތަންފީޒުކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ކުރުވުން.

6.      މާލިއްޔަތުގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން މުދަލާއި ފައިސާ އާއި ބެހޭގޮތުން އަމަލުކުރަންޖެހޭ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި ، އަދި މިނޫންވެސް ކަމާއި ބެހޭ ޤާނޫނުތަކާއި ޤަވާޢިދު ތަކާއި ޢުޞޫލުތަކާއި އެއްގޮތަށް  މޮސްކު މެނޭޖުމަންޓް ސެކްޝަންގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގާ ބެލެހެއްޓުން.

7.   އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

 

 

 

މަޤާމުގެ ޝަރުޠުތައް:

1.   މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް) މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

2.   މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.     ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.     ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

8.     މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ)ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ސީނިޔަރ ސިވިލް ސަރވިސް (އީ.އެކްސް 1 އިން އީ.އެކްސް 5 އަށް)

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓެގަރީގެ ޖުމްލަ އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

85

20

25

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

30

25

25

ލިބިފައިވާ ހުނަރު

އިމްތިޙާން / ޕްރެކްޓިކަލްސް

50

20

50

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން

100

30

ޖުމްލަ

295

100

100

 

 

މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮގަސްޓް 28 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްjobs@islamicaffairs.gov.mv  މެދުވެރިކޮށްވެސް އަދި ފެކްސް 3315161 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އަދި ޕްރެޒެންޓޭޝަނާއި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަނާއި އިމްތިހާނު އޮންނާނީ، 2019ސެޕްޓެންބަރު 03 އާ 19 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއު، ޕްރެޒެންޓޭޝަނަށާއި އަދި އިމްތިޙާނަށް ހާޒިރުވުމަށްތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200 ނަންބަރު ފޯނާއެވެ.ފެކްސް ނަންބަރަކީ 3315161 އަށެވެ.

 އީ-މެއިލް ކުރާނީ jobs@islamicaffairs.gov.mv އަށެވެ.

 
17 އޮގަސްޓް 2019
ހޯދާ