މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހުގެ ނަމްބަރު: (IUL)14-E1/1/2019/12) އިއިލާނަށް ހަވާލަދީ

އިޢުލާން

 

            މި އޮފީހުގެ  ނަންބަރު(IUL)14-E1/1/2019/12 : (11 އެޕްރީލު 2019) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

 

ހަވާލާ ދެވިފައިވާ އިއުލާނުގައި ދެންނެވިފައިވާ "އެސިސްޓަންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމްތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގެ 7 ވަނަ މާއްދާގެ (ށ)ގެ ދަށުން އިންޓަވިއު ކުރެވުނު ފަރާތްތަކަށް މި މިންގަނޑުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ބައިތަކުން ލިބުނު މާކްސް ކަސްޓަމްސްގެ ވެބްސައިޓު (www.customs.gov.mv) ގެ ހޯމް ޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަ ދެންނެވީމެވެ.    

މިކަމާ ގުޅޭގޮތުން، އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއޮފީހުގެ ނަންބަރު 3334250،3334150،3334192 ފޯނާ ގުޅުއްވުން އެދެމެވެ. އަދި އާއްމުކުރެވިފައިވާ މާކްސްތަކާމެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ އެކަން 2019 އޮގަސްޓު 15 ވަނަ ދުވަހުގެ 1400 ގެ ކުރިން ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ.

 

 

07 ޛުލްޙިއްޖާ 1440

08 އޮގަސްޓު 2019

08 އޮގަސްޓް 2019
ހޯދާ