ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސައިބަރ ސެކިއުރިޓީ އެޑްވައިޒަރއެއް ހޯދުމަށް

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އެޕްލިކޭޝަންތަކާއި އިންފޮމޭޝަން އިންފްރަސްޓްރަކްޗަރ ގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ސައިބަރ ސެކިއުރިޓީ އެޑްވައިޒަރއެއް ރީޓެއިނަރ އުސޫލުން ނެގުމަށް ކުރެވުނު އިއުލާން IUL) 164/1/2019/61) އަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލު ކޮށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ބޭފުޅުން 19 އޯގަސްޓް 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޢިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) ހާޟިރުވެ މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތައް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ހުށަހެޅުން އެދެމެވެ.

 

އިތުރު މައުލޫމާތު ހޯއްދެވުމަށް:

ޕްރޮކިއުމަންޓް ސެކްޝަން

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ

ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

އީ-މެއިލް:  [email protected]

 

‏07 ޛުލްހިއްޖާ 1440

‏08 އޮގަސްޓް 2019

08 އޮގަސްޓް 2019
ހޯދާ