މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ގަންނަން ބޭނުންވާ ގޮނޑި މޭޒު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް.

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ގަންނަން ބޭނުންވާ ގޮނޑި މޭޒު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ޑިޕާރޓްމަންޓު ތަކުގައި ބޭނުންކުރުމަށް ގޮނޑި، މޭޒު، އަދި މީޓިންގްރޫމްގައި ބޭނުންކުރުމަށް ގޮނޑި ގަތުމަށް ކުރި މިމިނިސްޓްރީގެ ނަންބަރު IUL)438-AU/1/2019/31) އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، މައުލޫމާތު ޝީޓަށް އިސްލާހު ގެނައުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

މި މިސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓްގައި ދީފައިވާ މިންގަނޑުތަކަށެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  2019  އޯގަސްޓް 18 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv 

ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ހުށަހަޅާ ބީލަންތައް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ.

08 އޮގަސްޓް 2019
ހޯދާ