މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ހދ. ކުޅުދުއްފުށީ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކޮށްދިނުމާއި އެރަށުގައި ވޭސްޓް މެނެޖްމަންޓް ސެންޓަރެއް ޤާއިމް ކުރެވޭއިރު އެންވަޔަރަމަންޓް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރުން.

ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ހދ. ކުޅުދުއްފުށީ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި،އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކޮށްދިނުމާއި އެރަށުގައި ވޭސްޓް މެނެޖްމަންޓް ސެންޓަރެއް ޤާއިމް ކުރެވޭއިރު އެންވަޔަރަމަންޓް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރުން.

އިޢުލާން ނަންބަރު: IUL)438-WMPC/438/2019/207)

ތަޢާރަފު

މި މަޝްރޫއުއަކީ ސާފުރާއްޖެ އިނީޝިއޭޓިވްގެ ދަށުން، ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ކުނިމެނޭޖް ކުރުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވުމަށް މި މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ހދ. ކުޅުދުއްފުށީ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކޮށްދިނުމާއި އެރަށުގައި ވޭސްޓް މެނެޖްމަންޓް ސެންޓަރެއް ޤާއިމް ކުރެވޭއިރު އެންވަޔަރަމަންޓް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރުމެވެ.

ފޯރުކޮށްދޭންޖެހޭ ޙިދުމަތްތަކާއި ހުށަހަޅަންވީ ތަކެތީގެ ތަފްސީލު

ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ހދ. ކުޅުދުއްފުށީ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކުރުމުގެ މަސައްކަތުގައާއި އެރަށުގައި ވޭސްޓް މެނެޖްމަންޓް ސެންޓަރެއް ޤާއިމް ކުރެވޭއިރު  އެންވަޔަރަމަންޓް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރާއިރު ބަލަންޖެހޭނެ ކަންތައްތަކުގެ ތަފްސީލު އެކުލެވޭ ޓަރމްސް އޮފް ރެފަރެންސް (TOR) މި އިއުލާން އާއި އެކު ގެޒެޓް ކުރެވިފައިވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ހދ. ކުޅުދުއްފުށީ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކޮށްދިނުމާއި އެރަށުގައި ވޭސްޓް މެނެޖްމަންޓް ސެންޓަރެއް ޤާއިމް ކުރެވޭއިރު އެންވަޔަރަމަންޓް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރުން: އިއުލާން ނަންބަރު (IUL)438-WMPC/438/2019/207

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ 08 އޮގަސްޓް 2019 އިން 16 އޯގަސްޓް 2019 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަދި [email protected]  އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 18 އޯގަސްޓް 2019 ވާ ދުވަހުގެ މެނދުރު 13:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގައި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 18 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ މެނދުރު 13:30 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓު:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ.
  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، ބީލަން ފޮތުގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.

 

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް:  [email protected] ވެބްސައިޓް: www.environment.gov.mv

08 އޮގަސްޓް 2019
ހޯދާ