މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ކައުންސެލަރ (ފުލްޓައިމް)

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.

 

މަޤާމް:

 

ކައުންސެލަރ (ފުލްޓައިމް)

ބޭނުންވާ އަދަދު:

 

1

މަޤާމުގެ ގިންތި:

 

ކޮންޓްރެކްޓް (01 އަހަރު)

ސެކްޝަން

 

ފިޔަވަތި، ހުޅުމާލެ

މަޤާމު އޮތް އޮފީސް:

 

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 

ފިޔަވަތި، ހުޅުމާލެ (ދުވާލަކު 8 ގަޑިއިރު)

 

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ބެޗްލާސް ޑިގްރީއިން މަތި):

 

-       މަސައްކަތުގެ އެލަވަންސް މަހަކު: 11065.00 ރުފިޔާ

-       ސަރވިސް އެލަވަންސް މަހަކު: 4435.00 ރުފިޔާ

-       ރިސްކް އެލަވަންސް މަހަކު:މަސައްކަތަށް ނިކުންނަ ކޮންމެ  ދުވަހަކަށް -/100

 

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ޑިޕްލޮމާ):

 

 

-       މަސައްކަތުގެ އެލަވަންސް މަހަކު: 8835.00 ރުފިޔާ

-       ސަރވިސް އެލަވަންސް މަހަކު: 3665.00 ރުފިޔާ

-       ރިސްކް އެލަވަންސް މަހަކު:މަސައްކަތަށް ނިކުންނަ ކޮންމެ  ދުވަހަކަށް -/100

 

 

 

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

-         1. ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެކުދިންނާ ބައްދަލުކޮށް ކައުންސެލިންގ ދިނުން.

-         2. ކައުންސެލިންގ ދިނުމަށްފަހު ސެކްޝަންގެ ކޭސް ނޯޓްސް ދުވަހުން ދުވަހަށް ނިންމާ ފައިލްކުރުން.

-         3. ކުދިންނަށް ބޭނުންވާ ސަޕޯޓް ގްރޫޕްތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ސަޕޯޓް ގުރޫޕް ކުރިއަށް ގެންދިއުން.

-         4. ކުދިންގެ ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކޮށްދޭފަދަ ޕްރޮގްރާމްތައް ރާވާ ހިންގުން.

-         5. ޤަވައިދުން މަދުވެގެން މަހަކު އެއްފަހަރު ސުޕަވައިޒަރުގެ ފަރާތުން ސެޝަންތަކާ އަދި ކުދިންނާ ބެހޭގޮތުން ސުޕަވިޝަން ލިބިގަތުން.

-         6. ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި މުވައްޒަފުންނަށް އެކި ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުން.

-         7. ފިޔަވަތީގައި ތިބޭ ސުޕަވައިޒަރުންނާއި ގަވައިދުން ބައްދަލުކޮށް، ކުދިންނަށް އެހީތެރިވުމަށްޓަކައި ކުދިންގެ ކަންކަމާއި ގުޅޭ ގޮތުން މަޝަވަރާކުރުން.

-         8. މިނިސްޓްރީން ބޭނުންވެއްޖެ ހާލަތެއްގައި މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މިނިސްޓްރީގެ އެހެން ދާއިރާއެއްގައި މަސައްކަތްކުރުން.

-         9. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތެއް ކުރުން.

މަޤާމުގެ ޝަރުތުތައް:

 

-         ސޯޝަލް ސައިންސް، ހެލްތް އެޑިއުކޭޝަން، ސައިކޮލޮޖީ، ކައުންސެލިން، އާރލީ ޗައިލްޑްހުޑް، ޕްރައިމަރީ ހެލްތް ކެއަރ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

-         ސޯޝަލް ސައިންސް، ހެލްތް އެޑިއުކޭޝަން، ސައިކޮލޮޖީ، ކައުންސެލިން، އާރލީ ޗައިލްޑްހުޑް، ޕްރައިމަރީ ހެލްތް ކެއަރ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 

-         ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

-         ދިވެހި، އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.

-         އަތޮޅުތަކަށާއި ރަށްރަށަށް ދަތުރުކުރެވޭނެ ފަރާތްތައް.

-         އަމިއްލަ ރަށް ފިޔަވައި އެހެން ރަށްރަށުގައި މަސައްކަތްކުރެވޭނެ ފަރާތްތައް.

-         ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

-         މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-         ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

-         ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ވަޒީފާއަށް އެދޭ ސިޓީ.

-         ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭ ސާފު ކޮޕީ.

-         ލިބިފައިވާ ތަޢުލީމާއި ތަމްރީން ތަކުގެ ސެޓްފިކެޓްގެ ކޮޕީ.

-         ޕޮލިސް ރެކޯޑް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

-         2019 އޮގަސްޓް 25 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ފިޔަވަތި، ހުޅުމާލެ އަށެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 

-         މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ފިޔަވަތި، ހުޅުމާލޭ ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

-         މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

-         މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027551 ނަންބަރު ފޯނަށް، ނުވަތަ 3027606 ނަންބަރު ފޯނަށެވެ.

 

 

07 ޒުލްޙިއްޖާ 1440 ހ

08 އޮގަސްޓް 2019 މ

08 އޮގަސްޓް 2019
ހޯދާ