ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު

އިޢުލާން ނަމްބަރ: IUL-D/423/2019/55 

އިޢުލާން

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު

 

ފަރެސްމާތޮޑާގައި ސްލިޕްވޭއެއް ހެދުމަށް ފަރެސްމާތޮޑާ ކައުންސިލުން މިކަމަށް ޚާއްސަކޮށްފައިވާ 60000 އަކަފޫޓުގެ ބިމުގައި ސްލިޕްވޭއެއް އެޅުމަށް އެންވަޔަރމަންޓް އިންޕެކްޓް އެސެސްމަންޓް ހެދުމަށްފަހު ސްލިޕްވޭ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން  22 އޮގަސްޓް  2019  ވާ ބުރާސްފަތި ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮގަސްޓް  2019 ވާ ބުރާސްފަތި ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ.

އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް އަންދާޒީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޒުލްޙިއްޖާ   1440

08 އޮގަސްޓް   2019

08 އޮގަސްޓް 2019
ހޯދާ