މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފުތަރާއި ގުޅޭ

އިޢުލާން

ބިދޭސީންގެ ދަފުތަރާއި ގުޅޭ

ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބިދޭސީންގެ ދަފުތަރު މިހާރުވާނީ މި ކައުންސިލްގައި ޤާއިމުކޮށްފައެވެ. ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދަކީ ވަޒީފާއާއިބެހޭ ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ޤަވާޢިދެކެވެ. މި ޤަވާޢިދު ވަނީ 26 މެއި 2011 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވިފައެވެ.

އަލިފުށީގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު، ބިދޭސީންނާއި ޙަވާލުވެފައިވާ ފަރާތްތަކުން މި ކައުންސިލަށް ދެއްވައި 19 އޯގަސްޓް 2019 ވަނަ (ހޯމަދުވަސް) ދުވަހުގެ 12:00ގެ ކުރިން ރަޖިސްޓަރީ ކުރެއްވުމަށް އަންގާ ޢިއުލާން ކުރަމެވެ.އަދި މިހާރު އަލިފުށީގައި އުޅޭ ބިދޭސީންގެ ތެރެއިން ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީނާއި ގުޅޭ މައުލޫމާތު އެބިދޭސީއަކު މިހާރު ދިރިއުޅެމުންދާ ގޭގޭގެ ވެރިފަރާތުން މަތީގައި ދެއްނެވިފައިވާ ތާރީހް ކުރިން ކައުންސިލަށް ހިއްސާކުރުމަށް އަންގަމެވެ.

 އަލިފުށީގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުގެ ތެރެއިން މި އިދާރާއަށް ބިދޭސީންގެ ދަފުތަރު ބެލެހެއްޓުމަށް ކުރާ މަސައްކަތައް، މި އިދާރާއިން އެއްބާރުލުން ނުދެއްވާ ފަރާތްތަކާއިމެދު ޤާނޫން ނަންބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ނުވާ ފަރާތްތަކަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދުމަށް ދޫކުރާ ލިޔުންތައް ދޫނުކުރާނެ ވާހަކަ ދަންނަވަމެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅުއްވާނީ 6580021 ނުވަތަ  ފޯނު ނަންބަރު  9999210 އަށެވެ.

06 ޛުލްހައްޖު 1440

07 އޮގަސްޓް  2019

07 އޮގަސްޓް 2019
ހޯދާ