ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

މަޤާމް: އެސިސްޓެންޓް އޮފިސަރ

ޑިޕާޓްމަންޓް: ކަސްޓަމަރ ސަރވިސް ސެންޓަރ

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް ޑިޕާޓްމަންޓް އަދި ސަރވިސް އޭރިއާތައް

ތަޢުލީމާ ތަޖުރިބާ:

  1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ މަދުވެގެން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުން
  2. މަޤާމާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޑޮކްޓަރާއި ބަލިމީހާއާ ދެމެދު ކުރެވޭ މުޢާމަލާތް ދެފަރާތައް އޮޅުން ނާރާނެފަދަ ސާފު ގޮތަކަށް ވަގުތުން ތަރުޖަމާކޮށް ދިނުމާއި، ޑޮކްޓަރުގެ ބޭނުމަށް ބަލިމީހާކުރަންޖެހޭ ޙަރަކާތްތައް ކުރެންޖެހޭގޮތް ރަނގަޅަށް ސާފުކޮށް ކިޔައިދިނުމާއި ޕްރޮސީޖަރތައް ހެދުމުގައި ޑޮކްޓަރު ބޭނުން ވެއްޖެ ހިނދެއްގައި އެހީތެރިކަށް ފޯރުކޮށް ދިނުން.
  2. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރު ތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީތެރިވެދީ ފަރުވާދެއްވާ ބަލިމީހުންގެ ތަފްޞީލް ޕޭޝަންޓް ރިކޯރޑްތަކުގައި ޑޮކްޓަރުގެ އިރުޝާދުތަކާ އެއްގޮތަށް ވަގުތުން ލިޔުން.
  3. ހޮސްޕިޓަލްގެ ސަރވިސް އޭރިއާ (ފިޒިއޯ، ޑެންޓަލް، އެކްސްރޭ، ލެބޯޓްރީ) ގައި ޚިދުމަތްތައް ފޯރުކޮށްދިނުން.

މުސާރައާއި އިނާޔަތް :

މުސާރަ:              4000.00 ރުފިޔާ

ސަރވިސް އެލަވަންސް:     1500.00 ރުފިޔާ

ރިސްކް އެލަވަންސް:       75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

އެޓެންޑެންސް އެލަވަންސް   :60.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)

ޝިފްޓް އެލަވަންސް:      މެންދަމު 00:00 ން ހެނދުނު 06:00 ށް 45.00 ރުފިޔާ،ހެނދުނު 06:00ން މެންދަމު 00:00 ށް 25.00 ރުފިޔާ 

       ކުރިމަތިލުމުގެ ސުންގަޑި:21 އޮގަސްޓް 2019 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.ވަޒީފާއަށް އެދޭ ފޯމު.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

08 އޮގަސްޓް 2019
ހޯދާ