އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާކު ކޯސް (ލެވެލް 3)

އިމާމުން ތަމްރީނުކުރުމަށްޓަކައި، އިމާމު ކޯހެއް މި ކައުންސިލްގެ ފަރާތުން ހިންގުމަށްވަނީ ހަމަޖެހިފައެވެ. ކޯހުގެ ކިޔެވުން އޮންނާނީ، ރަސްދޫގައެވެ.

ވީމާ، މި ކޯހުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން، 2019 އޮގަސްޓް 25 ވަނަ ދުވަހުގެ 14:00ގެ ކުރިން، އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯހަށް އެދޭ ފޯމު މި އިދާރާއިންނާއި، މި އަތޮޅުގެ ރަށްރަށުގެ ކައުންސިލް އިދާރާތަކުން ލިބިވަޑައިގަންނަވާނެ އެވެ.

ކޯހުގެ ނަން:

އިމާމު ކޯސް (ލެވެލް 3)

މުއްދަތު:

6 މަސް

ކިޔެވުން އޮންނަ ދުވަސްތައް:

ބޮލޮކް މޯޑް (ހަފްތާގެ ދުވަސްތަކުގެ ތެރެއިން ކަނޑައެޅޭ ދުވަސްތަކެއްގައި)

ބައިވެރިވުމުގެ ޝަރުޠު:

  • ގްރޭޑް 6 ފުރިހަމަކޮށްފައިވުން، ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން،

އެޕްލިކޭޝަން ހުށަހަޅަންވީ ތަން:

އއ. އަތޮޅު ކައުންސިލް އިދާރާ ނުވަތަ އއ.އަތޮޅު ރަށު ކައުންސިލްތަކުގެ އިދާރާ

ހުށަހަޅަންޖެހޭ ތަކެތި:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ

ކޯހުގެ ފީ:

6000/- ރުފިޔާ ( މަހަކު، 1,000/- ރުފިޔާ )

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ނުހިމަނާ ހުންނަ އެޕްލިކޭޝަންތަކާއި، ފުރިހަމަ ނުކޮށް ހުންނަ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެ އެވެ.  އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 6660606 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

08 އޮގަސްޓް 2019
ހޯދާ