ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ސާކް އާޓިސްޓް ކެމްޕް އެންޑް އެގްޒިބިޝަން އޮފް ޕެއިންޓިންސް ގައި ބައިވެރިވުމުގެ ފުރުޞަތު

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ފަރާތުން ސާކް ޤައުމުތަކުގެ މެދުގައި ބާއްވަމުން ގެންދާ "ސާކް އާޓިސްޓް ކޭމްޕް އެންޑް އެގްޒިބިޝަން އޮފް ޕެއިންޓިންގްސް" މި ހިނގާ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 އިން 27 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގެ ފަރާތުން މި އާޓް ކޭމްޕުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ދިވެހި ކުރެހުންތެރީނަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ދިވެހި ކުރެހުންތެރީން މި ކޭމްޕުގައި ބައިވެރިވެލެއްވުމަށްއެދި މި ސެންޓަރަށް ލިޔުމުން އެންގެވުން އެދެމެވެ. ބައިވެރިވެލައްވާ ފަރާތުގެ ވަނަވަރާއިއެކު ޕާސްޕޯޓް ސައިޒް ފޮޓޯ އަދި 4 ކުރެހުމެއްގެ A4 ސައިޒްގެ ޕިކްސަލޭޓް ނުވާވަރުގެ ޖޭޕެގް) ސޮފްޓް ކޮޕީ info@nca.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. ކޭމްޕުގައި ރާއްޖެއަށް ލިބިފައިވާ 10 ޖާގައަށް ކުރެހުންތެރީން ހޮވުމަށް ހަމަޖެހިފައިވަނީ ހުށަހަޅުއްވާ ވަނަވަރަށް އިންސާފުކުރުމަށްފަހުއެވެ. ނަން ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 19 އޮގަސްޓް 2019 ވަނަ ދުވަހުގެ 12.00 އެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މިސެންޓަރުގެ ނަންބަރު 3313456 އަށް ގުޅުއްވުން އެދެމެވެ.

08 އޮގަސްޓް 2019
ހޯދާ