ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،

ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3345252 (960)

http://www.mnu.edu.mv

                                                     ނަންބަރ: 153-FHTS-2019-22

 

އިޢުލާން

 

މި ފެކަލްޓީގެ ކޯސްތަކުގެ ތެރެއިން ތިރީގައިވާ މާއްދާތައް 2019 ވަނަ އަހަރު ޓާރމް 2 ގައި ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއްޖެއެވެ.

 

#

Module Name

Level

No. of Part-Time Lecturers Needed

Course Name

1

Fundamentals of Hospitality and Tourism Management

111

1

Bachelor of International Hospitality Management

Bachelor of International Tourism Management

 

 

ޝަރުތު:

-          ބެޗްލަރސް ޑިގްރީ ލެވެލް ކޯހުގެ މާއްދާއެއް ނަމަ، މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

 -          ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-          ކުރިމަތިލައްވާ ފަރާތްތަކާ އިންޓަރވިއުއެއް ކުރެވިދާނެކަމަށް ދަންނަވަމެވެ.

 

އުޖޫރަ:

-          ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ދިވެހިރުފިޔާ

-          ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ދިވެހިރުފިޔާ

-          ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ދިވެހިރުފިޔާ

-          ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ދިވެހިރުފިޔާ

-          މީގެ އިތުރުން މާރކް ކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ދިވެހިރުފިޔާ

 

އެޕްލިކޭޝަންސިޓީ ނުވަތަ އީ-މެއިލް އާއިއެކުހުށަހަޅުއްވަންޖެހޭ ލިޔުންތައް:

-          ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސް ޕޯޓުގެ ކޮޕީ

-          ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

-          ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

-          ސިޓީ ނުވަތަ އީ-މެއިލް ލިޔުއްވާއިރު ކިޔަވައިދިނުމަށް ބޭނުންވެލައްވާ މާއްދާ ނުވަތަ މާއްދާތައް ޖައްސަވަންވާނެއެވެ.

 

އިތުރު މަޢުލޫމާތު:

-          ކުލާސްތައް އޮންނާނީ ފެކަލްޓީއިން ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.

-          އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345262 ނަންބަރާ ގުޅުއްވުން އެދެމެވެ.

 

 

ސުންގަޑި:

-          މިކަމަށް އެދިލައްވާ ފަރާތްތަކުން 18 އޮގަސްޓް 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ފެކަލްޓީގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް (ރަސްމީ ގަޑީގައި - 8:00 އާއި 14:00 އާ ދެމެދު) ސިޓީ ފޮނުއްވުން އެދެމެވެ. ދެވިފައިވާ ސުންގަޑީގެ ކުރިން ކޮންމެ ވަގުތެއްގައިވެސް އީ-މެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected] އަށެވެ.

 

07 އޮގަސްޓް 2019
ހޯދާ