މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ލ.ގަމު ރީޖަނަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ހޮސްޕިޓަލުގައި ޕަވަރ ހައުސް ސިސްޓަމެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

        މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ  ލ.ގަމު ރީޖަނަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ހޮސްޕިޓަލުގައި ޕަވަރ ހައުސް ސިސްޓަމެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 08 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 22 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމުން ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ. އަދި 25 އޯގަސްޓް 2019 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 02 ސެޕްޓެމްބަރ 2019 ވާ ހޯމަަަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 25 އޯގަސްޓް 2019 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

06 ޒުލްހިއްޖާ 1440

07 އޮގަސްޓް 2019
ހޯދާ