ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހދ.ފިނޭ އައު އިންޖީނުގެއެއް ޢިމާރާތް ކުރުމާއި ގުޅޭ:

 

ނަންބަރު:FNK-I/IUL/2019/154

 

 

އިޢުލާން

 

ހދ.ފިނޭ އައު އިންޖީނުގެއެއް ޢިމާރާތް ކުރުމާއި ގުޅޭ:

 

މިކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް ހދ.ފިނޭ ގައި އައު އިންޖީނުގެއެއް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޯގަސްޓް 2019 ވާ އާދިއްތަ  ދުވަހުގެ 11:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ސެޕްޓެންބަރު 2019  ވާ ބުދަ  ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ނުވަތަ ހދ.ފިނޭ  ބްރާންޗުގައެވެ.

     މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

 

              05 ޛުލްހައްޖާ 1440

              06 އޮގަސްޓް  2019

 

 

            

 

07 އޮގަސްޓް 2019
ހޯދާ