އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރަދޫ ޖަސްޓީ ގެ އުތުރުން އޮތް ކުލީބިމާއި އެ ބިމުގައިހުރި ޢިމާރާތް ކުއްޔަށް ދޫކުރުން

އިޢުލާން

އައްޑޫސިޓީގެ މަރަދޫ އަވަށުގެ "ޖަސްޓީ" އާއި އިންވެގެން އުތުރަށް އޮތް 1930 އަކަފޫޓުގެ ކުލީ ބިމާއި އެބިމުގައި ހުރި ޢިމާރާތް ކެފޭ، ހޮޓާ، ރެސްޓޯރެންޓް ހިންގުމަށް ނުވަތަ ޕޭސްޓްރީ ވިޔަފާރި ކުރުމަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

މިޢިމާރާތާއި ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 2019 އޮގަސްޓް 07 އިން އޮގަސްޓް 29 ގެ ނިއަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 13:00އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އާއި މަރަދޫ އަވަށު އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ) އެވެ. ބިޑް ބަލައިގަތުން އޮންނާނީ 2019 ސެޕްޓެމްބަރ01 ވާ އާދީއްތަ ދުވަހު 11:00 ގައި ކައުންސިލްގެ އިދާރާގައެވެ.

ޢިމާރާތާއި ބިން ކުއްޔަށް ދޫކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

05 ޛުލްޙިއްޖާ  1440

07 އޮގަސްޓް 2019
ހޯދާ