މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ދ.ހުޅުދެލި އަދި އދ.މަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަދި ޑިޒައިން އެންޑް ބިލްޑް އުޞޫލުން ނ.ލަންދޫ ބަނދަރު ހެދުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ ޢަދަދު ދިވެހި ރުފިޔާއިން (ނުވަތަ އެޢަދަދާ އެއްވަރުގެ ޢަދަދެއްގެ ޔޫ.އެސް.ޑޮލަރު(

އެން.ސީ.އާރް ގްރޭޑް އަދި ޝަރުޠު ހަމަވާންޖެހޭ ގިންތި

 

 

 

TES/2019/W-101

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ދ.ހުޅުދެލި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް

210,000.00 ރ.

HC01 ގެ ގިންތި 1 އަދި 2 އަކަށް ޝަރުޠުހަމަވުން

TES/2019/W-104

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ނ.ލަންދޫ ބަނދަރު ހެދުމުގެ މަސައްކަތް

160,000.00 ރ.

HC01 ގެ ގިންތި 1 އަދި 2 އަކަށް ޝަރުޠުހަމަވުން

TES/2019/W-105

ޑިޒައިން އެންޑް ބިލްޑް އުޞޫލުން އދ.މަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް

190,000.00 ރ.

HC01 ގެ ގިންތި 1 އަދި 2 އަކަށް ޝަރުޠުހަމަވުން

2. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1,500/- (ފަނަރަ ސަތޭކަ) ދިވެހި ރުފިޔާ ނުވަތަ  100.00ޔޫ.އެސް. ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 07 އޮގަސްޓު 2019 އިން 11 ސެޕްޓެންބަރު 2019 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 12:00 އަށް މި މިނިސްޓްރީއިންނެވެ.

4. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 07 އޮގަސްޓް 2019 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

5. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ނުވަތަ އެޢަދަދާއި އެއްވަރު ޢަދަދެއްގެ ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

6. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީ-މެއިލް ކުރައްވާނީ 2019 އޮގަސްޓް 26 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2019 ސެޕްޓެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކަށް ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ނެޝަނަލް ޓެންޑަރ،

      މިނިސްޓްރީ އޮފް ފިނޭންސް،

      އަމީނީމަގު، މާލެ، ދިވެހިރާއްޖެ

      ޓެލެފޯން: (+960) 1617

      އީމެއިލް:. hawwa.maldha@finance.gov.mv

      ކޮޕީ: tender@finance.gov.mv 

9. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

06 އޮގަސްޓް 2019
ހޯދާ