މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިޢުލާން

އަންދާސީހިސާބް ބޭނުންވެއްޖެ.

"ޤާނޫނުލް ޢުޤޫބާތަށް އަހުލުވެރިކުރުމުގެ ސެމިނާރު" އަދި "ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރި ކުރުވުމުގެ ސެމިނާރު"ގެ ކޭޓަރިންގެކަންކަން މެނޭޖްކޮށް، އެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާގުޅޭ

"ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާ ބެހޭ ޤަޟާއީ ސެމިނާރު" އަދި "ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރު" މި ނަމުގައި 02 ސެމިނާރެއް 25 އޮގަސްޓް 2019 އިން 04 ސެޕްޓެންބަރު 2019 އަށް ބ. އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، ސެމިނާރުގެ ބައިވެރިންނަށް ކޭޓަރިންގ ގެ ކަންކަން މެނޭޖްކޮށްދީ، އެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 އޮގަސްޓް 10 ވާ ހޮނިހިރު ދުވަހުގެ 13:00 އަށް ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޮގަސްޓް 18 ވާ އަދީއްތަ ދުވަހުގެ 13:00 އަށް ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށްހަމަޖެހިފައިވާ ދުވަހު ގަޑިއަށްހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

         06 އޮގަސްޓް 2019

06 އޮގަސްޓް 2019
ހޯދާ