ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެ:

މިއަހަރުގެ 08 ސެޕްޓެމްބަރ 2019 އިން ފެށިގެން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި، 2 ކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެއާއި ކާގެ ހިމެނޭ ޢިމާރާތެއް ކުއްޔަށްހިފަން ބޭނުންވެގެން ކުރި   (އިޢުލާން ނަންބަރ GS157/2019/IU23) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެއްވެސް ފަރާތަކުން ހާޛިރުވެފައި ނުވުމުގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ފެންފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

19 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00

22 އޮގަސްޓް 2019  ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00

 

 

            އަންދާސީހިސާބު ހުށަހަޅުއްވާއިރު ގޭގެ ކުރެހުމާއި ގޭގައި ހުންނާނެ ތަކެތީގެ އިންވެންޓްރީ ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލު ވުމަށް ޙާޛިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީ އަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވި ދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅާގެ އައި.ޑީ ކާޑް ގެންނަން ވާނެއެވެ.

   ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ 2014/19 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. 

          ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޮގަސްޓް 2019
ހޯދާ