މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައްތިޔާ ދޫކުރުމާބެހޭ

އިޢުލާން

             

             އަލަށް އެކުލަވާލެވުނު ބަނދަރު ބޭނުންކުރާ އުސޫލަށް ޢަމަލުކުރަން ފަށާއިރު، އެއުސޫލުގެ ދަށުން ދޯނިފަހަރަށާއި، ބޮއްކުރާ ފަދަ ކުދި އުޅަނދުތަކަށް ވަކި ސަރަހައްދަކުން ފައްތިޔާ ދޫކުރުމަށް ކުރިން ކުރެވުނު އިޢުލާން ބާތިލްކޮށް އަލުން ފައްތިޔާ ދޫކުރުމަށް ހުޅުވާލަމެވެ.

             ވީމާ، ފައްތިޔާ ހޯދުމަށް އެދޭ ފަރާތްތަކުން 26 އޯގަސްޓް 2019 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން ފޯމް ހުށަހެޅުން އެދެމެވެ.

             ފައްތިޔާ ދޫކުރެވޭނީ ރަށުގެ ރަޖިސްޓްރީ އުޅަނދުތަކަށް އިސްކަންދީގެން ޖާގައޮތް ވަރަކުން ރަށުގެ މީހަކު ރަށުގައި އާންމުކޮށް ދުއްވާ އުޅަނދުތަކަށެވެ. އާންމުކޮށް ފުރާނުދުއްވާ، އަދި ރަށުގައި ނުގެންގުޅޭ  ރަޖިސްޓްރީ ނުކުރާ އުޅަނދުތަކަށް ފައްތިޔާ ދޫކުރާގޮތަށް ހަމަޖެހިފައެއްނުވެއެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 އޮގަސްޓް 2019
ހޯދާ