އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަކަރި ވިއްކުމާގުޅޭ

މިކައުންސިލްގެ އިދާރާގެ ނަންބަރު (IUL)355-ESMS/INDIV/2019/16 (20 ޖޫން 2019) އިއުލާނާ ހަވާލާދީ ދަންނަވަމެވެ.

އައިލެންޑް ވޭސްޓް މެނޭޖްމަންޓް އިން 1 އަހަރު ހަމަވެފައިވާ ބަކަރި ވިއްކުމަށް ކުރިން ކަނޑައެޅިފައިވާ އަގަށް ވަނީ ބަދަލު ގެނެވިފައެވެ. މިހާރު ބަކަރި ވިއްކުމަށް ހަމަޖެހިފައިވަނީ ބަކަރީގެ ބަރުދަން ބެލުމަށްފަހު ކިލޯއަކަށް     -/225ރ (ދުއިސައްތަ ފަންސަވީސް ރުފިޔާ) ގެ އަގުންނެވެ.

ބަކަރި ބައްލަވައިގަތުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން ރަސްމީކޮށް މިކައުންސިލްގެ އިދާރާ ހުޅުވިފައިހުންނަ ވަގުތުތަކު މިކައުންސިލްގެ އިދާރާ އަށްވަޑައިގެންނެވުމުން ބަކަރި ވިއްކުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.  

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އަޢުލާން ކުރީމެވެ.

04 އޮގަސްޓް 2019
ހޯދާ