މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ޢިމާރާތް ބަދަލުވުން

އިޢުލާން

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ

 

 (IUL) 25-A2/25/2019/20    :  ނަންބަރު 

 

 

މިނިސްޓްރީ ހިންގަމުންދާ އިމާރާތް ވަގުތީގޮތުން ބަދަލުކުރުން


 

 

މި މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި 15 އޯގަސްޓް 2019 އިން ފެށިގެން އެމް.ޓީ.ސީ.ސީ. ސޯމިލް ރިލޮކޭޝަން ބިލްޑިންގ، ބޮޑުތަކުރުފާނު މަގު (ހުޅުމާލޭ ފެރީ ޓަރމިނަލް ގެ އިރުމަތީ ފަރާތުގައި ހުރި އިމާރާތް) އަށް މިމނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ބަދަލުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި 6 ސެޕްޓެމްބަރ 2019 އިން ފެށިގެން މިނިސްޓްރީގެ މަސައްކަތްތައް ހިންގަމުންދާނީ މިއިމާރާތުގައި ކަމުގައި ދަންނަވަމެވެ. އަދި މަސައްކަތް ވަގުތީގޮތުން ބަދަލުކުރާ ދުވަސްތަކުގައި މި މިނިސްޓްރީއިން ދެމުންގެންދާ ޚިދުމަތްތަކުގައި ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ވާހަކަ ދެންނެވީމެވެ.  

 


4 އޯގަސް

04 އޮގަސްޓް 2019
ހޯދާ