ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: މުނިސިޕަލް ސަރވިސް އޮފިސަރ(ވަގުތީ)

 

މަޤާމް:

މުނިސިޕަލް ސަރވިސް އޮފިސަރ

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އެންޕްލޯއިމެންޓް) (18 ޑިސެމްބަރ 2019 ގެ ނިޔަލަށް)

މަޤާމުގެ ރޭންކް:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ސެކްޝަން:

މުނިސިޕަލް ސަރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/5610ރ (ފަސްހާސް ހަސަތޭކަ ދިހައެއް)

ސަރވިސް އެލަވަންސް:

-/2000ރ (ދެހާސް)

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ސަޕޯޓިންގ ކޯ އެލަވަންސް: -/700 (ހަތްސަތޭކަ) ރުފިޔާ

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

  1. މުނިސިޕަލް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޔުނިޓުގެ ވެރިޔާ ޙަވާލުކުރާ މައްސަލަތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން
  2. ރަށް ސާފުތާހިރު ކޮށް ބޭއްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެކަމާގުޅޭ މަސައްކަތްތައް ކުރުން
  3. އީދު ރޯދައަށް ހަނދުބެލުމާ ބެހޭ އިންތިޒާމްތައް ހަމަޖެއްސުމާއި ހުކުރު ،ޢީދު ،ތަރާވީޙް ، ކޭތަނަމާދު އަދި ކަށުނަމާދު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އެކަމާގުޅޭ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވުން
  4. އެކިއެކި ބޭނުންތަކަށް މަގުކޮނުމުގެ ހުއްދަ ދޫކޮށް އަދި އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  5. ބަނދަރަށް މުދާ ބޭލުމަށް އެދޭފަރާތްތަކަށް އެކަމަށްހުއްދަ ދިނުމާއި އަދި އޭގެ ފަހުން އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  6. ރައްޔިތުންގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، އެކަމާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ރަށުގައިބޭއްވޭ އެކިއެކި ޖަލްސާ  ވޯކްޝޮޕްތައް ބޭއްވުމަށް ވާންޖެހޭ އިންތިޒާމުތައް ކުރުން.
  7. ވަރުވާއަށް ދޫކުރާ ތަންތަން ވަރުވާއަށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  8. ރަށުގައި ފިލްމު ދެއްކުމާއި ރަށުގެ މަގުތަކުގައި އާންމު ބެހެއްޓުމަށް ބޭނުންވާ އިޝްތިހާރު އަދި ބެނާ ފަދަތަކެތި ބެހެއްޓުމުގެ ހުއްދަ ދިނުމާއި އޭގެފަހުން އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ރަށުގެ މަގުތަކުގައި ޖަހާފައިވާ ބައްތިތައް ބެލެހެއްޓުމާއި އަދި ބައްތިތައް މަރާމާތުކޮށް އަލަށް ބައްތި އިތުރުކުރުމާ ބައްތިތަކާ ގުޅޭ މަސައްކަތްތައް ކުރުން.
  10. މިސްކިތްތަކާ ޤަބުރަސްތާނާ ރައްޔިތުންގެ އިމާރާތްތައް ސާފުތާހިރުކޮށް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. ރަށުގައިބޭއްވޭ އެކި އެކި މުބާރާއްތައް ހިންގުމާއި، އެކަމާގުޅޭ މަސައްކަތްތައް ކުރުން
  12. ރަށުގައި ޖަނާވާރުގެންގުޅުމާއި، ދޫނިސޫފާ ސޫފި ގެންގުޅުމަށް ހުއްދައަށް އެދޭ ފަރާތްތަކަށް ހުއްދަ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  13. މަގުހިނގާ މީހުންނަށާއި، ދުއްވާތަކެއްޗަށް އުނދަގުވާގޮތަށް ހުންނަ ތަކެތި ނެގުމާއި މަގަށް ފެންއެޅޭގޮތަށް ދޫކޮށްފައިވާ ދިޔަދޮވި ތަކުގެ މައްސަލަތައް ހައްލުކުރުން
  14. ރަށުގެ މަގާގޯޅިތައް އަދި ފަޅުގޯތިތައް ސާފުކުރުމަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  15. ސަރުކާރުގެ އިދާރާތަކަށާއި ރަށުގެ ރައްޔިތުންނަށް ބަހަން ފޮނުވާ ތަކެތި ބަލައިގަނެ ބެހުމުގެ އިންތިޒާމު ހަމަޖެއްސުން.
  16. ކުއްޔަށް ދޫކުރާ ތަކެއްޗާއި ތަންތަން  ކުއްޔަށް ދޫކުމާއި ގުޅޭ މަސައްކަތްތައް ކުރުން
  17. އެކެއްގެ މިލްކުން އަނެކަކަށް ދަތިވާތީ ހުށަހަޅާ ތުރާގެ މައްސަލަތައް ހައްލުކޮށްދިނުން
  18. އަންހެނުންތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ދިނުން
  19. މިސްކިތްތަކަށް އެކި ފަރާތްތަކަށް ހަދިޔާ ކުރާތަކެތި ބަލައިގަތުން.
  20. އޮފީހުން ކުރިޔަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތައް.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޯގަސްޓް 2019 ވާ އަނގާރަ ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި، މި ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އެއް އަދަދަކަށް މާކްސް ލިބިފައިވާނަމަ، ވަޒީފާއަށް އެދި ހުށަހެޅި ފޯމުތަކުގެ ތާރީޚުގެ ތަރުތީބުން އިންޓަވިއުއަށް ޝޯޓްލިސްޓްކުރެވޭނެއެވެ.

       

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6500019 ނަންބަރު ފޯނު އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

04 އޮގަސްޓް 2019
ހޯދާ