މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަޒީފާ ދޭ ފަރާތްތަކަށް ކޯޓާ ދޫކުރުމާ ގުޅޭ

ޢިއުލާން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަޒީފާ ދޭ ފަރާތްތަކަށް ކޯޓާ ދޫކުރުމާ ގުޅޭ

 

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ  މަސައްކަތްތެރިން ގެނައުމަށް ކުންފުނިތަކަށާއި އަމިއްލަ ފަރުދުން (ސޯލް ޕްރޮޕްރިއޭޓަރޝިޕް) އަށް ދޫކުރެވިފައިވާ ކޯޓާގެ އަދަދު އިތުރުކުރުމަށްޓަކައި "ކޯޓާ އިންކްރީޒް" އަށް އެދި ހުށައަޅާ ފަރާތްތަކުންނާއި އައު ކޯޓާ (ނިއު ކޯޓާ) އަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ވިޔަފާރި ހިންގަމުން ގެންދާތާ 1 އަހަރު ވެފައިވާ ފަރާތްތަކުން ކޯޓާއަށް އެދި ހުށައަޅާއިރު 6 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުން ފެށިގެން "ޓަރންއޯވަރ ޑިކްލަރޭޝަން ފޯމް" ފުރިހަމަ ކުރުމަށްފަހު ހުށައެޅުމަށް ދަންނަވަމެވެ.

 "ޓަރންއޯވަރ ޑިކްލަރޭޝަން ފޯމް" މި މިނިސްޓްރީގެ ވެބްސައިޓް (employment.trade.gov.mv) އިން ލިބިވަޑައިގަންނަވާނެވެ.

 6 އޮގަސްޓް 2019 އިން ފެށިގެން ކޯޓާގެ އަދަދު އިތުރުކޮށްދެވޭނީ އަދި ވިޔަފާރި ހިންގަމުންގެންދާތާ 1 އަހަރު ވެފައިވާ ފަރާތްތަކަށް އަލަށް ކޯޓާ ދޫކުރެވޭނީ ފުރިހަމަ ކޮށްފައިވާ "ޓަރންއޯވަރ ޑިކްލަރޭޝަން ފޯމް" ހުށައެޅުމުން ކަމުގައި ދެންނެވީމެވެ.

އެހެން ކަމުން މިކަން އާންމުކޮށް އަންގާ އިއްލާން ކުރީމެވެ. 

 

03 ޛުލްޙިއްޖާ 1440

04 އޮގަސްޓް 2019
ހޯދާ