މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ދޫކުރެވޭ ކޯޓާއާއި އެމްޕްލޯއިމެންޓް އެޕްރޫވަލްއާ ގުޅޭ

ޢިއުލާން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ދޫކުރެވޭ ކޯޓާއާއި އެމްޕްލޯއިމެންޓް އެޕްރޫވަލްއާ ގުޅޭ

 

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލްއަށް އެދި ކުންފުނިތަކާއި އަމިއްލަ ފަރުދުން (ސޯލް ޕްރޮޕްރިއޭޓަރޝިޕް) ހުށައަޅާއިރު، ސައްޙަ ނޫން (ފޯޖް) ލިޔެކިޔުންތައް ހުށައަޅާކަން އަންނަނީ މި މިނިސްޓްރީއަށް ފާހަގަ ކުރެވެމުންނެވެ. ވީމާ، މި ފަދަ ސައްޙަ ނޫން ލިޔެކިއުންތައް ހުށަނޭޅުމަށް މި މިނިސްޓްރީއިން އިލްތިމާސް ކުރެމެވެ.

ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވޭ ހުރިހާ މަސައްކަތްތަކަށްވެސް ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލް މި މިނިސްޓްރީއިން ދަނީ ދޫކުރަމުންނެވެ. އަދި މި މިނިސްޓްރީއިން ދޫކުރެވޭ ހުއްދަތައް އަވަސް އަދި ފަސޭހަ ގޮތެއްގައި ލިބޭނެ އިންތިޒާމްވެސް ހަމަޖައްސައި ދިނުމަށް މި މިނިސްޓްރީއިން ދަނީ މަސައްކަތްކުރަމުންނެވެ. އެހެންކަމުން ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލްއަށް އެދޭ ފަރާތަކުން، ސައްޙަ ނޫން ލިޔުމެއް ހުށައަޅުއްވައިފިނަމަ، އެ ފަރާތަކާ މެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ދެންނެވީމެވެ.

އެހެންކަމުން މިކަން އާންމުކޮށް އަންގާ އިއްލާން ކުރީމެވެ.

 

04 އޮގަސްޓް 2019
ހޯދާ