މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުން

ދިވެހި ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ދަށުން ތިރީގައި މިވާ ފަރާތަށް މިކޮމިޝަނުން ލައިސަންސް ދޫކޮށްފީމެވެ.

  1. ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތް: ބްލޫނެޓް ގޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  2. ލައިސަންސްގެ ބާވަތް: ރީބްރޯޑްކާސްޓް ކުރުން
  3. ބްރޯޑްކާސްޓްކުރާ ސަރަޙައްދު : ނ.ޅޮހި
  4. ލައިސަންސް ދޫކޮށްފައިވާ ތާރީޚް: 27 މާޗް 2013
  5. ލައިސަންސްގެ މުއްދަތު ހަމަވާ ތާރީޚް: 26 މާޗް 2023

ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތުގެ ބޯޑް އޮފް ޑިރެކްޓަރސް:

  1. އަލްފާޟިލް މޫސަލް މުސްޠަފާ ފިނިވާގެ/ ދ. މީދޫ
  2. އަލްފާޟިލާ ވަޖީހާ މޫސާ ދިލްޝާދުގެ/ ދ.މީދޫ

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

19 ޖުމާދަލްއާޚިރާ 1434

29 އޭޕްރިލް 2013
ހޯދާ