މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުން

އިޢުލާން

 

މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ޓެކްސީތަކެއްގައި މި އޮތޯރިޓީން ކަނޑައަޅާ ހުއްދަ ދީފައިވާ އޮންލައިން އެޕްލިކޭޝަން ބޭނުންކުރުމަށް ހަމަޖައްސައިފީމެވެ.

ވީމާ، "ޓެކްސީ ގަވާއިދު" (ގަވާއިދު ނަންބަރު 2013/R-1475) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު، ގަވާއިދު ނަންބަރު 2016/R-102 ގެ 9 ވަނަ މާއްދާގެ "ޅ" ގައި ބަޔާންކޮށްފައިވާ ގޮތަށް ތިރީގައި ބާޔާންކޮށްފައިވާ 3 މޯބައިލް އެޕްލިކޭޝަންގެ ތެރެއިން މޯބައިލް އެޕްލިކޭޝަނެއް 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްގެން އޮޕަރޭޓް ކުރާ ހުރިހާ ޓެކްސީއެއްގައި ބޭނުންކުރުމަށް ޢާއްމުކޮށް އަންގާ އިޢުލާނު ކުރަމެވެ.  

ހުއްދަ ދީފައިވާ އޮންލައިން އެޕްލިކޭޝަންތައް

  1. އަވަސް ރައިޑު
  2. ޕިކްމީ
  3. އެއައީ 

      28 ޛުލްގައިދާ    1440

      31 ޖުލައި    2019

01 އޮގަސްޓް 2019
ހޯދާ