މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ހިންމަފުށި ކުޑަކުދިންގެ ޕާކަށް އައުޓްޑޯ ޕްލޭ އައިޓަމް ސަޕްލައި ކުރުމާއި އިންސްޓޯލް ކޮށްދިނުމާއި ގުޅޭ

އިޢުލާން

ކ ހިންމަފުށި ކުޑަކުދިންގެ ޕާރކަށް އައުޓްޑޯ ޕްލޭ އައިޓަމް ސަޕްލައިކުރުމާއި އިންސްޓޯލް ކޮށްދިނުމާއި ގުޅޭ

        މި ރަށުގައި އަލަށް ހަދާކުޑަކުދިންގެ ޕާރކަށް ބޭނުންވާ އައުޓްޑޯ ކުޅިވަރު އައިޓަމްތަކެއް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު: (IUL)335-AS/335/2018/44 އިޢުލާން އާއި ގުޅިގެން ހުށަހަޅާފައިވާ  އަގުތައް އެކަށީގެންވާވަރަށް ވުރެން ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

        ވީމާ، މިތަކެތި ފޯރުކޮށްދިނުމާއި އިންސްޓޯލްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08  އޯގަސްޓް 2019 ބުރާސްފަތި ދުވަހުގެ 10:00 މި އިދާރާއަށް ދުރުވެ، ނުވަތަ އީމެއިލް މެދުވެރިކޮށް (([email protected] މައުލޫމާތު ސާފްކުރެއްވުމަށްފަހު 20 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

             މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ. 

01 އޮގަސްޓް 2019
ހޯދާ